Roadha Mihaaru
މަސްތުވާތަކެތި ހުއްޓުވުމާ މެދު ސިންގަޕޫރާ މަޝްވަރާކޮށްފި

މަސްތުވާތަކެތި ހުއްޓުވުމާ ގުޅޭ ގޮތުން ސިންގަޕޫރާ މަޝްވަރާކޮށްފި

25 އެޕްރީލް 2019

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފައިސަލް ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އާއި ޕްރިޒަން ސާވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ސިންގަޕޫރުގެ އޮފިޝަލުން ހިއްސާ ކުރެއްވި މައުލޫމާތުތަކުގެ ތެރޭގައި މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމަ އަށް ގެނައުމަށް އެ ގައުމުގެ ޖަލުތަކުގައި ހިންގާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސިންގަޕޫރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ގައުމުން އިސްކަން ދެނީ ޖަލުގައި ބަންދުކުރާ މީހުން މިނިވަންވެ މުޖުތަމަ އަށް އަލުން ނުކުންނަ އިރު އެ މީހުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި ވަޒީފާއެއް ލިބުމަށް މަގުފަހިކުރުމެވެ.

ބައްދަލުވުމަށް ފަހު ފައިސަލް ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވައިލެއްވި އެވެ.