Roadha Mihaaru
ވުޒާރާތައް ގުޅިގެން ޑްރަގާ ދެކޮޅަށް ބޮޑު މަސައްކަތެއް

ޑްރަގަށް އޮތް ޑިމާންޑު ކުޑަކުރަން ވުޒާރާތައް ގުޅިގެން މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭ: އިހުސާން

12 މެއި 2024

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ދުރުކޮށް، އެ އަށް އޮންނަ ޑިމާންޑު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް، ކަމާ ގުޅޭ މިނިސްޓްރީތައް ގުޅިގެން ކުރާ މަސައްކަތުން އިތުރު ބާރެއް ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ދުރުކޮށް، އެ އަށް އޮންނަ ޑިމާންޑު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް، ކަމާ ގުޅޭ މިނިސްޓްރީތައް ގުޅިގެން ކުރާ މަސައްކަތުން އިތުރު ބާރެއް ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިރު އެ މަސައްކަތް ކުރަން ޖެހޭ އިދާރާތައް އޮތީ ވަކިވަކިން ކަމަށެވެ. އެގޮތުން އޭރު ކަސްޓަމްސް ހިންގަމުން އައީ ޑިފެންސް މިނިސްޓްރީގެ ދަށުން ކަމަށް ވާއިރު، އެންޑީއޭ އޮތީ ހެލްތުގެ ދަށުގައި ކަން އިހުސާން ފާހަގަކުރެއްވި އެވެ.

އެކަމަކު، މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގައި އެ ތިން އިދާރާގެ މަސައްކަތް އެއް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން މަސްތުވާތަކެއްޗާ ދެކޮޅު ކަންކަން ފަސޭހަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މާކެޓަށް ވަންނަ އަދި މާކެޓުގައި ދައުރުވާ މަސްތުވާތަކެތި މަދުކުރުމުގެ މަސައްކަތްތައް ކަސްޓަމްސް އާއި ފުލުުހުންގެ އިދާރާ ގުޅިގެން އަންނަނީ ކުރަމުންނެވެ. އެއާ އެކު، އެންޑީއޭއާ ގުޅިގެން ޑްރަގްގުގެ ޑިމާންޑު ދަށްކުރުމަށް ނުވަތަ ވަބާގައި ޖެހިފައި ތިބި މީހުންނަށް ދޭން ޖެހޭ ފަރުވާ ދީ، ސިއްހީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިތުރު ހަރުފަތަކަށް މަސައްކަތް އެބަ ގެންދެވޭ އެއް ވުޒާރާއެއްގެ ދަށުން ގުޅިގެން މަސައްކަތް ކުރާތީ. ވުޒާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ، ރައީސްގެ މި ނިންމުމަކީ މަސްތުގެ ވަބާއިން ސަލާމަތް ވާން ނިންމޭނެ އެންމެ ފުރިހަމަ ނިންމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސްތުވާތަކެތީގެ ފަރުވާގައި މި ވަގުތު ތިބި މީހުންގެ ތަފުސީލް ހާމަކުރައްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ހުސައިން ވިދާޅުވިގޮތުގައި މިހާރު 1،240 މީހަކު އަންނަނީ ފަރުވާ ފުރިހަމަ ކުރަމުންނެވެ.

އެގޮތުން 434 ކުއްޖަކު ރެޒިޑެންޝަލް ފަރުވާގައި ތިބިއިރު، 189 މީހަކު މެތަޑޯން ފަރުވާފައި އަދި 427 މީހަކު ޑިޓޮކްސިފިކޭޝަން ފަރުވާ އަންނަނީ ފުރިހަމަ ކުރަމުންނެވެ. ރެސްޓެންޝަލް ފަރުވާގައި 134 މީހުން އަދި ހާފްވޭ ހައުސްގައި ސެމިރެސްޓެންޝަލް ފަރާތަކުން ފުރިހަމަ ކުރަމުން އަންނަ ކަމަށް ލުބްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންޑީއޭއިން ދޭ ފަރުވާ އަށް ވެއިޓްލިސްޓު ކޮށްފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ވެއިޓްލިސްޓުގެ އެސެސްމެންޓު ހަދަމުން އަންނަ ކަމަށެވެ.