19 މެއި 2023
ސިންގަޕޫރު (މެއި 18) - ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެ ކުރުމުން، ތިން ހަފުތާގެ ތެރޭގައި ދެވަނަ މީހަކު އެ ގައުމުން ދަންޖައްސައި މަރާލައިފި އެވެ.
ސިންގަޕޫރު (މެއި 18) - ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެ ކުރުމުން، ތިން ހަފުތާގެ ތެރޭގައި ދެވަނަ މީހަކު އެ ގައުމުން ދަންޖައްސައި މަރާލައިފި އެވެ.
މިދިޔަ ބުދަ ދުވަހު ސިންގަޕޫރުގައި މަރުގެ އަދަބު ދިނީ އުމުރުން 37 އަހަރުގެ ފިރިހެނަކަށެވެ. އޭނާ މަރާލީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ސިންގަރަށް އެތެރެ ކުރުމުގެ ކުށުގަ އެވެ.
އެ ގައުމުގައި މަރުގެ އަދަބު އުވާލުމަށް ވަކާލާތުކުރާ ޖަމާއަތެއް ކަމަށްވާ، ޓްރާންސްފޯމަޓިވް ޖަސްޓިސް ކަލެކްޓިވްގެ މެންބަރު ކޮކިލާ އަނާމަލައި ބުނީ އުމުރުން 37 އަހަރުގެ މީހާ މަރުގެ އަދަބު ދިނީ އޭނާގެ މައްސަލަ އަލުން ބަލަން ކުރި އަމުރު އަންގާރަ ދުވަހު ކޯޓުން ބާތިލް ކުރުމަށް ފަހު ކަމަށެވެ.
މަރާލި މީހާގެ އާއިލާ އިން އޭނާގެ އައިޑެންޓިޓީ ހާމަކުރަން ބޭނުމެއް ނުވެ އެވެ. ގާތްގަނޑަކަށް 1.5 ކިލޯ ކެނަބިސް އޭނާ އެތެރެ ކުރި ކަމަށް ސާބިތުވާ ކަމަށް 2019 ގައި ކޯޓުން ނިންމި އެވެ. މަރުގެ އަދަބު ދިނުމުގެ ކުރިން ހަތް އަހަރު ވަންދެން ޖަލުގައި ވެސް ބޭއްވި އެވެ.
މިދިޔަ މަހުގެ 26 ގައި އުމުން 46 އަހަރުގެ މީހަކު ވެސް ސިންގަޕޫރުގައި ދަންޖައްސައި މަރުގެ އަދަބު ދިނެވެ. ޓަންގަރާޖޫ ސުއްޕިއާ ކިޔާ އެ މީހާ އަށް މަރުގެ އަދަބު ދިނީ އެއް ކިލޯގެ މަސްތުވާތަކެތި ސިންގަޕޫރަށް އެތެރެ ކުރި ކަމުގެ ކުށުގަ އެވެ. އެއީ މި އަހަރު އެ ގައުމުގައި ދަންޖެއްސި ފުރަތަމަ މީހާ އެވެ.
ޖަލުގައި އަދަބު ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން މަރުގެ އަދަބު ލިބޭ 60 ގައިދީ އަކު އަދި ވެސް ސިންގަޕޫރުގެ ޖަލުގައި އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ކުށަކީ މަސްތުވާތަކެތި އެތެރެ ކުރަން އުޅުމެވެ.
މިދިޔަ އަހަރު ވެސް އެ ގައުމުގައި 11 މީހަކު ދަންޖައްސައި މަރުގެ އަދަބު ދީފައި ވެއެވެ.
އޮންލައިންކޮށް ސިންގަޕޫރްގައި އަލަށް މަރުގެ ހުކުމެއް
އަނބިމީހާ މަރަން ހުކުމްކުރޭތޯ ކާރުގައި ބެހެއްޓީ ޑްރަގް
ޑްރަގް އެތެރެކޮށްފިނަމަ މަރުގެ އަދަބުދޭން ހުށަހަޅަނީ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
މަސްތުވާތަކެތި ހުއްޓުވުމާ މެދު ސިންގަޕޫރާ މަޝްވަރާކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އާއަހަރާ ދިމާކޮށް ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި