Roadha Mihaaru
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން

މަރުގެ އަދަބު އުވާލުމަކީ، ޑްރަގު ވިއްކާ މީހުންނަށް ގައުުމު ހަވާލު ކުރުން: ސިރިސޭނާ

15 ޖުލައި 2019

ކޮލަމްބޯ (ޖުލައި 15) - މަރުގެ އަދަބު އުވާލަން ޕާލަމެންޓަށް ހުށަހަޅާ ދުވަހަކީ ޑްރަގު ޑީލަރުންނާއި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ގައުމު ހަވާލު ކުރުން ކަމަށާއި އެއީ މުޅި ގައުމު ހިތާމަ ކުރާނެ ދުވަހަކަށް ވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 15) - މަރުގެ އަދަބު އުވާލަން ޕާލަމެންޓަށް ހުށަހަޅާ ދުވަހަކީ ޑްރަގު ޑީލަރުންނާއި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ގައުމު ހަވާލު ކުރުން ކަމަށާއި އެއީ މުޅި ގައުމު ހިތާމަ ކުރާނެ ދުވަހަކަށް ވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިންނަށް ބިން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިރިސޭނާ ވިދާޅުވީ މަރުގެ އަދަބު އުވާލުމަކީ ޑްރަގު ޑީލަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އެކަމަކު ޑްރަގު ވިއްކާ މީހުންނާއި ބޮޑެތި މުޖްރިމުންގެ ސަބަބުން ގައުމުގެ ޅަ ދަރިންގެ ކުރިމަގު ހަލާކުވާން ދޫކޮށްނުލާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. ޑްރަގު ވިޔަފާރި ކުރުން ހުއްޓުވަން އަޅަން ހުރި ހުުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި މަރުގެ އަދަބު ދިނުމަށް އެމަނިކުފާން ނިންމަވާފައިވާ ނިންމެވުން ބަދަލު ކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

"މަރުގެ އަދަބު ދިނުމާ ބައެއް މީހުން ދެކޮޅު ހަދަމުން ދަނީ ބޭރުގެ ނުފޫޒްތަކާ ހެދި. އެކަމަކު ގައުމާއި ޅަ ދަރިން ދެކެ ލޯބިވާ މީހަކު ވިއްޔާ މަރުގެ އަދަބަށް ތާއީދު ކުރާނެ،" ސިރިސޭނާ ވިދާޅުވި އެވެ.

ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދޭން ސިރިސޭނާ ނިންމެވި ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކާއި ލަންކާގެ ބައެއް ޖަމާއަތްތަކުން ވެސް ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާ އާއި އީޔޫ، އިނގިރޭސި ވިލާތް އަދި ކެނެޑާ އިން ވެސް ދަނީ ލަންކާގައި މަރުގެ އަދަބު ނުދިނުމަށް ގޮވާލަމުންނެވެ.

ޑްރަގު ޑީލަރުންގެ ތެރޭން މަރަން ހުކުމްކޮށްފައިވާ ހަތަރު މީހެއްގެ މަރު އަދަބު ތަންފީޒް ކުރުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ ސޮއި ކުރައްވައިފަ އެވެ. ލަންކާގައި މަރުގެ އަދަބު ދޭން މި ފަށަނީ 43 އަހަރަށް ފަހު އެވެ.