25 އެޕްރީލް 2019
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި އަންހެނުން މެކެންޒީ ބެޒޯސްގެ 25 އަހަރުވީ ކައިވެނި ރޫޅައިލި ވާހަކައިން ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. އެކަމާ ގުޅުވައިގެން ބައެއް މީހުން ބުނެފައި ވަނީ ފައިސާ އަކީ ހުރިހާ އުފަލެއް ނޫންކަން މިކަމުން ސާބިތުވާ ކަމަށެވެ. އަނެއްކޮޅުން ޖެފް އާއި މެކެންޒީ ވަކިވާން ނިންމި ސީދާ ސަބަބެއް ވެސް ސާފެއް ނޫނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި އަންހެނުން މެކެންޒީ ބެޒޯސްގެ 25 އަހަރުވީ ކައިވެނި ރޫޅައިލި ވާހަކައިން ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. އެކަމާ ގުޅުވައިގެން ބައެއް މީހުން ބުނެފައި ވަނީ ފައިސާ އަކީ ހުރިހާ އުފަލެއް ނޫންކަން މިކަމުން ސާބިތުވާ ކަމަށެވެ. އަނެއްކޮޅުން ޖެފް އާއި މެކެންޒީ ވަކިވާން ނިންމި ސީދާ ސަބަބެއް ވެސް ސާފެއް ނޫނެވެ.
އެ ދެ މީހުންގެ ދުވަސްވީ ކައިވެނީގެ ގުޅުން ނިމުމަކަށް އަޔަސް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާ ގޭޓްސްގެ 25 އަހަރުވީ ކައިވެނީގެ ގުޅުން އަދިވެސް ވަރަށް ބަދައްސެވެ. ކު
އާ ފޮތް "ދަ މޮމެންޓް އޮފް ލިފްޓް: ހައު އެމްޕަވަރިން ވިމެން ޗޭންޖެސް ދަ ވޯލްޑް" ޕްރޮމޯޓް ކުރަމުން އަންނަ މެލިންޑާ ދަ ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ބިލްގެ ކައިވެނީގެ ސިއްރަކީ "ލާފްޓާ" ކަމަށެވެ.
"އަހަރެމެން ދެ މީހުން އެކީގައި ވަގުތު ހޭދަކޮށް އެކި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަރަށް ގިނައިން ހީ ހަދަން. އަދި އެއީ އުފާވެރިކަން ގެނެސްދޭ ގުޅުން ބަދަހިކޮށްދޭ ކަމެއް،" މެލިންޑާ ބުންޏެވެ. "އެއީ ކަންނޭނގޭ އަހަރެމެން ދެ މީހުންގެ ކައިވެނި ދެމެހެއްޓޭ މައިގަނޑު އެއް ސަބަބަކީ."
އޭނާ ބުނި ގޮތުގައި ކައިވެންޏެއް ދަމަހައްޓަން އެއްވަރަކަށް ދެ މީހުން ކަންކަމުގައި ހިއްސާވުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި އަބަދުވެސް އެކަކު އަނެކަކަށް އެހީވުމާއި ލަފަ އާއި ހިޔާލާއި މަޝްވަރާ ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
"ބިލްއާ ކައިވެނިކޮށްގެން ފުރަތަމަ ދިރިއުޅެން ފަށައިގަތް އިރު އަބަދުވެސް ހިތުތެރޭގައި އެނބުރޭ ސުވާލެއް މި ކައިވެނި ދެމެހެއްޓޭނެތޯ، ކިހާ ދުވަހެއް ވަންދެން މި ކައިވެނި ދެމިއޮންނާނެތޯ؟" 1994 ގައި ކުރި ކައިވެނީގެ ހަނދާންތައް އާ ކުރަމުން މެލިންޑާ ބުންޏެވެ. "ބިލްއަކީ އަބަދުވެސް ވަރަށް ބިޒީކޮށް މަސައްކަތުގައި އުޅޭ މީހުން. ޒިންމާތައް އެހާ ގިނަ. އެހެންވެ އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ޕްރޮފެޝަނަލް މަސައްކަތަށް ވަގުތު ދެމުން ޒާތީ ދިރިއުޅުމަށް ބިލް ވަގުތު ނުދެވިދާނެތީ. އެކަމަކު ނަސީބު ރަނގަޅުކަމުން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ބިލް އަކީ މަސައްކަތާއި އާއިލާ ބެލެންސް ކުރަމުން އަންނަ މީހެއް. އެއީ ވެސް މި ގުޅުން އެހާ ކާމިޔާބުކޮށް ދެމިއޮތް ސަބަބެއް."
ތިން ކުދިން ވެސް ތިބި 54 އަހަރުގެ މެލިންޑާ ބުނި ގޮތުގައި ބިލް އަކީ މަސައްކަތާއި އާއިލާ "މަސްހުނި ނުކޮށް" ހުރިހާ ކަމެއް ވެސް ތަރުތީބުން ކުރިއަށް ގެންދާ މީހެކެވެ. އަދި އަބަދު ވެސް ކަންކަމާ ދޭތެރޭ މަޝްވަރާ ކުރާތީ އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކައިވެނި ދެމިއޮތުމުގެ އެއް ސިއްރަކީ ވެސް އެއީ ކަމަށް ބުންޏެވެ.
"ބިލިއަނަރަކާ ކައިވެނިކޮށްގެން އުޅުމަކީ ހަގީގަތުގައި ވެސް ފަސޭހަ ކަމެއް ނޫން. އަހަންނަށް ފުރަތަމަކޮޅު ދަތިޔތައް ދިމާވި. އެހެންވެ ޖެހުނު ކޮންމެވެސް ވަރަކަށް ޓްރެއިންވެލަން ވެސް،" ބިލް އާއި މެލިންޑާ ގޭޓްސްގެ ނަމުގައި ފައުންޑޭޝަނެއް ހިންގައި ހިލޭސާބަހަށް ބޮޑެތި އެހީތަކެއް ވެސް ވަމުން އަންނަ މެލިންޑާ ބުންޏެވެ.
ބިލް އާއި މެލިންޑާގެ ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އެއީ 22 އަހަރުގެ ޖެނިފާ ކެތުރީން ގޭޓްސް އާއި 19 އަހަރުގެ ރޯރީ ޖޯން ގޭޓްސް އަދި 19 އަހަރުގެ ފީބާ އެޑެލް ގޭޓްސް އެވެ.
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ވަރީގެ މައްސަލާގައި ގޭޓްސްގެ ދަރިފުޅުގެ ޕޯސްޓެއް
މަހުޖަނު ގޭޓްސްގެ ދޮށީ ދަރިފުޅު ކައިވެނިކޮށްފި
ބިލް ގޭޓްސްގެ ދެމަފިރިންގެ ވަރި ރަސްމީވެއްޖެ
ގޭޓްސް މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް
ގޭޓްސް އާއި މެލިންޑާ ވަރީގެ ވާހަކަ ފެށީ 2019 ގައި
ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަނީ
ގޭޓްސްގެ ދަރިފުޅު މިސްރުގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން