Roadha Mihaaru
މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ

މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ

22 އެޕްރީލް 2019

ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް، އަމިއްލަ އަށް މަރުވެގެން ދިން މި ހަމަލާތަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 24 މިހާރު ވަނީ ފުލުހުންގެ ސީއައިޑީ ޑިޕާޓްމަންޓާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

މަރުވި މީހުންނަށް ބަލާއިރު އޭގެ ތެރޭގައި 36 ބިދޭސީއަކު ހިމެނެ އެވެ. އަދި ފުލުހުންގެ ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އިއްޔެ ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި ހަމަލާ ދީފައިވަނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލައިގެންނެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 452 ގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.