21 އެޕްރީލް 2019
ސްރީ ލަންކާގައި ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލާގައި، އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ހުރިހާ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލާގައި، އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ހުރިހާ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 190 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 300 އަށް ވުރެ މަތީގަ އެވެ. މެންދުރު ފަހު ވެސް ބައެއް ސަރަހައްދުތަކުގައި ބޮން ގޮއްވި އެވެ.
ބޮން ގޮއްވި ބައެއް ސަރަހައްދުތަކަކީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދުތަކެވެ. ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާ އަށް ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިންގެ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރަ އެވެ.
ލަންކާގެ ހާލަތާ ގުޅޭގޮތުން ސަފީރު އުމަރު "މިހާރު" އަށް ވިދާޅުވީ ދިވެހިން ތިބީ ރައްކާތެރިކޮށް ކަމަށެވެ. ހެނދުނުއްސުރެ މެންދުރާ ހަމައަށް ވެސް އެކި ސަރަހައްދުތަކުގައި ހަމަލާދެމުން އަންނާތީ، ދިވެހިން ބޭރަށް ނުކުމެ ނޫޅެން އެމްބަސީން އިލްތިމާސްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަށް ސަފީރުކޮޅު ފަތްކޮޅު އުމަރު (ވ) އަރުއްވަނީ: ދިވެހިންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވި.
އޭނާ ވިދާޅުވި ގޮތުގައި ލަންކާގައި ތިބި ދިވެހިންނަށް ވަކިވަކިން ގުޅައި އެމްބަސީން އަންނަނީ ހާލު ބަލަމުންނެެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އެއްވެސް ދިވެއްސަކަށް އަނިޔާއެއް، ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތް. ވަރަށް މަޖުބޫރީ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުން މިވަގުތަށް މުހިއްމީ. އެ މެސެޖް އަޅުގަނޑުމެން ވާނީ ފޯރުކޮށްދީފައި،" ސަފީރު ވިދާޅުވި އެވެ.
"ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެން އެހީވާނަން. އަޅުގަނޑުމެންގެ މިހާރު ވާނީ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައި."
ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެގްޒާމްތައް ފަސްކޮށް، ސްކޫލްތަކާއި ކޮލެޖްތައް ވަނީ ދެ ދުވަހަށް ބަންދުކޮށްފަ އެވެ. އެ ގައުމުގައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު ވެސް އިއުލާންކޮށްފަ އެވެ.
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ
ހަމަލާތަކާ ދިވެއްސަކާ އަދި ގުޅުމެއް ނެތް: އެންސީޓީސީ
ދިވެހިންގެ ހާލު ބެލުމަށް ރައީސްގެ މަންދޫބެއް ލަންކާއަށް
ލަންކާގެ ހަމަލާއާ އެކު ދިވެހިން ބިރުވެރިކަމެއްގައި!
ދިވެހިން ވެސް އުޅޭ އިމާރާތެއް ސިފައިންގެ ދަށުގައި!
ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރަނީ
އަމާންކަމުގައި ދިހަ އަހަރު، އަނެއްކާވެސް ބިރުވެރިކަން
ލަންކާ އަށް ދިން ހަމަލާ ބަލައެއް ނުގަންނަން: އެމްޑީޕީ
ކިންގްސްބަރީގައި ބޮން ގޮއްވާލި އިރު ދެ ދިވެހިން ތިބި!