23 އެޕްރީލް 2019
ސްރީ ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން ހިންގާ އޮޕަރޭޝަނުގައި، ދިވެހިން ވެސް ދިރިއުޅެމުން އަންނަ އިމާރާތެއް އެ ގައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ސްރީ ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން ހިންގާ އޮޕަރޭޝަނުގައި، ދިވެހިން ވެސް ދިރިއުޅެމުން އަންނަ އިމާރާތެއް އެ ގައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުންޓް ލެވީނިއާގައި ހުންނަ މަތީ ފެންވަރުގެ 11 ބުރީގެ އެ އިމާރާތުގައި ދިވެހި ހަތަރު އާއިލާއެއް ދިރިއުޅެ އެވެ. ހަތިޔާރާ އެކު ސިފައިން އެ އިމާރާތަށް ވަދެ އެޕާޓްމެންޓްތައް ފާސްކުރީ ބޮން ގޮއްވުމުގައި ޝާމިލްވާ މީހަކު އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ ކަމުގެ ތުހުމަތާ އެކުގަ އެވެ.
އެނގިފައިވާ ގޮތުގައި، އެ އިމާރާތުގެ 11 ވަނަ ބުރިން ގިނަ އަދަދެއްގެ ސާމާނުތަކެއް ވެސް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ބޮމެއް އޮތް ކަމަށް ވާހަކަ ދެކެވުނަސް އެ މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ.
ސިފައިން ފާސްކުރި ވަގުތު، އެ އިމާރާތަށް ވަދެ ނުކުތުން މަނާކުރި ކަން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އެ އިމާރާތް އަދިވެސް އަންނަނީ ފާސްކުރަމުންނެވެ.
އިމާރާތުގެ އިތުރުން ވެސް އެ ސަރަހައްދުގެ ބޮޑު ބައެއްގައި ސިފައިން ހަރަކާތްތެރިވަމުން އެބަ ގެންދެ އެވެ.
ލަންކާގެ އެކި ތަންތަނުގައި އަމިއްލަ އަށް މަރުވެގެން އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 290 މީހުން މަރުވެފައިވާ އިރު އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 24 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެކަމުގައި ތުހުމަތު ކުރެވޭ އެހެން މީހުން ހޯދަން ސިފައިން އަންނަނީ ލަންކާގެ އެކި ސަރަހައްދުތައް ބަލަމުންނެވެ. އޭގެތެރޭގައި ދިވެހިން ދިރިއުޅެމުން އަންނަ ގެތައް ވެސް ހިމެނެ އެވެ.
އާދިއްތަ ދުވަހު ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ. ހަމަލާތައް ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ.
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ
ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރަނީ
ހަމަލާތަކާ ދިވެއްސަކާ އަދި ގުޅުމެއް ނެތް: އެންސީޓީސީ
އަމާންކަމުގައި ދިހަ އަހަރު، އަނެއްކާވެސް ބިރުވެރިކަން
ލަންކާ އަށް ދިން ހަމަލާ ބަލައެއް ނުގަންނަން: އެމްޑީޕީ
ދިވެހިންގެ ހާލު ބެލުމަށް ރައީސްގެ މަންދޫބެއް ލަންކާއަށް
ދިވެހިންގެ ހާލު ގާތުން އެބަ ބަލަން: ސަފީރު
ލަންކާގެ ހަމަލާއާ އެކު ދިވެހިން ބިރުވެރިކަމެއްގައި!
ދެ ދިވެހިންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި