Roadha Mihaaru
އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ޖިންސީ ގޯނާގެ ތުހުމަތު

އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ޖިންސީ ގޯނާގެ ތުހުމަތު

21 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 21) - އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއިގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ސުޕްރީމް ކޯޓުގެ ކުރީގެ މުވައްޒަފަކު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 21) - އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއިގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ސުޕްރީމް ކޯޓުގެ ކުރީގެ މުވައްޒަފަކު ކޮށްފި އެވެ.

އުމުރުން 35 އަހަރުގެ އަންހެން މީހާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގޯގޮއި ހަމަޖެއްސުމާ އެކުހެން އޭނާގެ ފަރާތުން ފެނުނު ބޭ އަދަބީ ދެ ހާދިސާއެއްގެ ވާހަކަ ބަޔާންކޮށްފަ އެވެ.

މީހަކާ ކައިވެނިކޮށްގެން އުޅޭ އަންހެން މީހާ ބުނެފައި ވަނީ ގޯގޮއިގެ ފަރާތުން ކުރިމަތިވި ކަންކަމަށް އޭނާ ދެކޮޅު ހެދުމުން، އެ ވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް ގޯގޮއި އެދިވަޑައިގެންނެވި ކަމަށެވެ. ނޫން ނަމަ އޭނާގެ އާއިލާ އަށް ވަރަށް އުނދަގޫވާނެ ކަމަށް ގޯގޮއި ވިދާޅުވެ އިންޒާރު ދެއްވި ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.

އަންހެން މީހާ ބުނީ ޑިސެމްބަރު މަހު އޭނާ ވަޒީފާ އިން ވަކިކުރި އިރު ފިރިމީހާ އާއި ބޭބެއަކު ވަޒީފާ އިން ސަސްޕެންޑް ކުރި ކަމަށެވެ.

ގޯގޮއި، 64، ގެ ފަރާތުން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ނެރުނު ބަޔާނެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ. އެއީ އިންޑިއާގެ ޝަރުއީ ނިޒާމް ހަލަބޮލިކޮށްލަން ފަތުރާ ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ އަންހެން މީހާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެނިގެން ކަމަށް ވަނީ ބުނެފަ އެވެ.

ގޯގޮއި ވެސް އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ޚާއްސަ ބެންޗެއްގައި މި މައްސަލާގައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މިފަދަ ދަށް ފެންވަރުގެ ދޮގު ތުހުމަތަކަށް ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ސްޓާފުންނާ މެދު ވެސް އަމަލު ކުރަނީ އެއް ހަމަޔަކުން އިހްތިރާމާ އެކު ކަމަށް އޭނާ ވިދާޅުި އެވެ. އަދި މިފަދަ ވާހަކަތަކެއް ފެންމަތިކުރީ ބޮޑެތި މައްސަލަތަކެއް ބަލަން ތައްޔާރުވަމުން ދަނިކޮށް ކަމަށާއި އެކަމަކު މި ބާވަތުގެ ކަމަކުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ޝަރުނީ ނިޒާމް ހަލަބޮލި ކުރުމަށް ބާރުގަދަ އެހެން ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް،" އުއްތަމަ އަންނަ ނޮވެމްބަރު މަހު ރިޓަޔާ ކުރައްވާ ފަނޑިޔާރު ވިދާޅުވި އެވެ.