ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ރޭ ދިން ޕާފޯމަންސުން، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް އާޝޯހުކޮށްލައިފި އެވެ.
ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ރޭ ދިން ޕާފޯމަންސުން، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް އާޝޯހުކޮށްލައިފި އެވެ.
"ބެޓުލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. އެހެންވެ، ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް" އެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން ޕާފޯމްކުރަނީ.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
މި ބޭންޑުގެ ބައިވެރިންނަކީ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
"ޓޫ އޮފް އަސް" ގެ ރޭގެ ހުށަހެޅުމަކީ މި ޝޯގައި އެ ބޭންޑުން ދިން ދެވަނަ ޕާފޯމަންސެވެ. އެކަމަކު، ރޭގެ ޕާފޯމަންސް މާ ބޮޑަށް ހާއްސަވި އެވެ. އެ ބޭންޑުން ހުށަހެޅީ އޮރިޖިނަލް ދިވެހި ލަވަތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު މާޖިދު (މެޒޯ)ގެ "މުޅި އޮޑި" އާއި މޭނާ ހައްސާނުގެ "މިލަ މިލަ ހަނދުވަރު" އެވެ.
ރޭގައި ދެއްކި "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ އަށް ވަނަ އެޕިސޯޑުގައި ޖެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވީ އަނޫ މާލިކެވެ.
"ޓޫ އޮފް އަސް"ގެ ޕާފޯމަންސް ބެލުމަށް ފަހު އަނޫ މާލިކް ވަނީ މި ކަހަލަ ރިއަލިޓީ ޝޯތަކުގައި އެންމެ ފުރިހަމަ ހުށަހެޅުންތައް ހުށަހަޅާ ބައިވެރިންނަށް އޭނާ އާންމުކޮށް ދޭ ކޮމެންޓު ކަމުގައިވާ "އާގް ލަގާ ދީ" އޭ ބުނެފަ އެވެ. އެ ބޭންޑުގެ ހުށަހެޅުމުން އޭނާ އާޝޯހުވެއްޖެ ކަމަށް ބުންޏެވެ.
އަނޫ މާލިކް ބުނީ އޭނާއަށް ވެގެން ވަންޏާ އެ ބޭންޑަކީ އެ ޝޯގެ އެއްވަނަ ކަމަށް ރޭގައި ހޮވާނެ ކަމަށެވެ.
"މިއީ އަހަންނަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ފެނުނު އެންމެ ފުރިހަމަ އެއް ހުށަހެޅުން،" އަނޫ މާލިކް ބުންޏެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ޖަޖްއަކާ އެކު ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
އެ ބޭންޑުގެ ލީޑު ވޯކަލިސްޓް އަދުހަމްގެ ހުނަރު ވަކިން ފާހަގަކޮށް އަނޫ މާލިކް ވަނީ އޭނާއަށް ވެސް ވަރަށް ތައުރީފުކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި ވާދަކުރަނީ މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުންނެވެ.
އަދުހަމްގެ ފުރަތަމަ ސޯލޯ ލަވަ ރިލީޒްކޮށްފި
ދިވެއްސަކު އިންޑިއާގެ ސްޓޫޑިއޯއަކަށް ލަވަތަކެއް ކިޔަނީ
ބިގްބޮސް 15ގެ ރަން ފިޔަގަނޑު ތެޖަސްވީ އަށް
ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މިމަހުގެ 12 ގައި
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ 22 ގައި
ރާއްޖޭގައި އަޖޭއާ އެކު ވިކީ ވެސް ޑިސްކަވަރީގެ ޝޯގައި
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
އެކްޓަރު ސިދާތު ޝުކްލާ މަރުވެއްޖެ