އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އަށް މުބާރާތުން ތިން ވަނަ ލިބިއްޖެ އެވެ.
04 މެއި 2025
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އަށް މުބާރާތުން ތިން ވަނަ ލިބިއްޖެ އެވެ.
ސެމީގައި "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީ ކިޔާފައި ވަނީ "އެހެރީ ދިވެހި ނިޝާން" ލަވަ އެވެ. ދިވެހި ކަޑިތަކުން ލަވަ ފެށުމަށް ފަހު، އެ މީހުން ނިންމާލީ އޭގެ ހިންދީ ލަވައިންނެވެ.
އެ ލަވައިގެ އިތުރުން ދެން ހުށަހަޅައިދިނީ 1970 ގެ ފިލްމެއް ކަމަށްވާ "މޭރާ ނާމް ޖޯކަރު" ގެ "ޖީނާ ޔަހާ، މަރްނާ ޔަހާ" އެވެ.
ޝޯގެ ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ބައިވެރިވިއިރު އޭނާ ބުނީ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އެ ހުށަހެޅުމަށް ފަހު ވަގުތުކޮޅަކަށް އެއްވެސް އިތުރު އެއްޗެއް އަޑު އަހަން ބޭނުން ނުވާހާ ރީއްޗަށް އެ ބޭންޑުން ހުށަހެޅުން ގެނެސްދިން ކަމަށް ސަލީމް ބުންޏެެވެ.
ސަލީމްގެ އިތުރުން ދެން ތިބި ޖަޖުން ވެސް ދިވެހި ބޭންޑުގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ތައުރީފު އޮއްސާލި އެވެ.
އެ ޝޯގެ ތިން ވަނަ ދިވެހި ބޭންޑަށް ލިބުނުއިރު މުބާރާތުން ދެވަނަ ލިބުނީ ސްރީ ލަންކާގެ ބޭންޑަކަށެވެ. އަދި އެއް ވަނައަށް ހޮވުނީ މޮރިޝަސްގެ ބޭންޑެކެވެ.
ސެމީ އަށް ދަތުރުކުރުމުގެ ކުރިން މިދިޔަ ހުރިހާ ޝޯއެއްގައި ވެސް ދިވެހި ބޭންޑަށް ވަނީ ޖަޖުންނާއި ބެލުންތެރިންގެ ތައުރީފާއި ލޯބި ލިބިފަ އެވެ.
އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ މި ލަވަ މުބާރާތް، މިދިޔަ ތިން އަހަރު ބާއްވާފައި ވަނީ ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެންނެވެ. އެކަމަކު މި އަހަރު ބޭރުގެ ބޭންޑްތަކަށް ވެސް ފުރުސަތު ދީގެން ކުރިއަށް ގެންދާތީ އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ޒުވާން ބޭންޑް "ޓޫ އޮފް އަސް" ވާދަކުރީ އެވެ.
އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުން ވާދަކުރެ އެވެ.
"ޓޫ އޮފް އަސް" ގަދަކޮށް، ސެމީ ފައިނަލަށް!
"ޓޫ އޮފް އަސް" ގްރޭންޑް ފިނާލޭއަށް!
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
ބޮލީވުޑްގެ އާއިލާތަކާއި ލޯބިވެރިން ރާއްޖޭގައި
ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މިމަހުގެ 12 ގައި
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ 22 ގައި
ރާއްޖޭގައި އަޖޭއާ އެކު ވިކީ ވެސް ޑިސްކަވަރީގެ ޝޯގައި