Roadha Mihaaru

ބިގްބޮސް 15ގެ ރަން ފިޔަގަނޑު ތެޖަސްވީ އަށް

ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، "ބިގްބޮސް" ގެ 15 ވަނަ ސީޒަން އެކްޓްރެސް ތެޖަސްވީ ޕްރަކާޝް ކާމިޔާބުކޮށްފި އެވެ. އެއާ އެކު، މި ސީޒާން އިން ފެށިގެން އެއް ވަނަ އަށް ދާ މީހަކަށް ޓްރޮފީގެ ގޮތުގައި ދޭ ރަން ފިޔަގަނޑު ވަނީ އޭނާ އަށް ލިބިފަ އެވެ.

ރޭ ބޭއްވި ބިގްބޮސްގެ ގްރޭންޑް ފިނާލޭގައި އެ ޝޯގެ އެއްވަނަ އުމުރުން 28 އަހަރުގެ ތެޖަސްވީ އަށް ކާމިޔާބުވުމުން 50 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވެސް ލިބުނެވެ.

މި ޝޯގެ ދެވަނަ ލިބުނީ ޕްރަތީކް ސެހެޖްޕާލް އަށެވެ. އަދި ތިން ވަނަ ލިބުނީ ކަރަން ކުންދުރާ އަށެވެ.

ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ މި ޝޯގެ ގަދަ ތިނަކަށް ޝަމީތާ ޝެޓީ ދާނެ ކަމަށެވެ. އެކަމަކު ގަދަ ތިނަކަށް ނުގޮސް ޝަމީތާ ކެޓީ އެވެ. އަދި 10 ލައްކަ ރުޕީސް ހިފައިގެން ޝޯ އިން ނިކުންނަން ލިބުނު ފުރުސަތުގައި ހިފައި ޝޯ އިން ނިކުތީ ނިޝާންތު ބަޓް އެވެ.

މި ސީޒަންގެ ގްރޭންޑް ފިނާލޭއިން ކުރީގެ ޝޯތައް ކާމިޔާބުކުރި ގިނަ ތަރިންތައް އެކީގައި ފެނުނެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު "ގެހްރާއިޔާން" ޕްރޮމޯޓް ކުރުމަށް އެ ފިލްމުގެ ލީޑު ތަރިން ވެސް ރޭގެ ގްރޭންޑް ފިނާލޭގައި ބައިވެރިވި އެވެ.