ނިއުދިއްލީ (ޖެނުއަރީ 4) - އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އެ ގައުމުގެ ސިކުންގެ ދަރިކޮޅުގެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
04 ޖެނުއަރީ 2017
ނިއުދިއްލީ (ޖެނުއަރީ 4) - އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އެ ގައުމުގެ ސިކުންގެ ދަރިކޮޅުގެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާ ޖަގްދީޝް ސިންގެވެ.
ރިޔާސީ ގަނޑުވަރުގައި ރައީސް ޕްރަނާބް މުކަރްޖީގެ ކުރިފުޅުމަތީގައި އުއްތަމަ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ޖަގްދީޝް ސިންގް އެ މަގާމުގައި ހުންނަވާނީ އަންނަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. އެ ތާރީޚުގައި ޖަގްދީޝަށް 65 އަހަރު ފުރުމަށް ފަހު އޭނާ އަށް އިތުރަށް އެ މަގާމުގައި ދެމި ނުހުރެވޭނެ އެވެ.
ޖަގްދީޝް މަގާމަށް އައްޔަން ކުރީ މިހާރު އެ މަގާމުގައި ހުންނެވި ޖަސްޓިސް ޓިރާތް ސިންގް ޓާކޫރް ފަނޑިޔާރު ކަމުން އިއްޔެ އިން ފެށިގެން ރިޓަޔާ ކުރެއްވުމުންނެވެ.
އިންޑިއާ ސުޕްރީމް ކޯޓުގެ ދުސްތޫރީ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޖަގްދީޝަކީ އިންޑިއާގެ މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ފަހުން މަގާމާ ހަވާލުވެވަޑައިގަންނަވާ 44 ވަނަ ބޭފުޅާ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ އުއްތަރާކަންޑް ސްޓޭޓާއި ކަރްނާޓަކާ ސްޓޭޓްގެ ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގައި ބުނާގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ދެން އައްޔަން ކުރާނެ ބޭފުޅެއްގެ ނަން އެ ގައުމުގެ ރައީސަށް ފޮނުއްވާނީ އުއްތަމަ ފަނޑިޔާރަކަށް ހުންނަ ބޭފުޅެކެވެ. އެހެންވެ، ޖަގްދީޝް އެ މަގާމަށް އައްޔަން ކުރަން އޭނާގެ ނަން ރައީސް މުކަރްޖީ އަށް ފޮނުއްވީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޖަސްޓިސް ޓާކޫރެވެ.
ޖަގްދީޝްގެ ނަން ރައީސް މުކަރްޖީ އަށް ފޮނުއްވުމުން އެކަމާ ދެކޮޅަށް ބައެއް ވަކީލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިޔަސް އެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.
ޖިންސީ ތުހުމަތުން އިންޑިއާގެ ފަނޑިޔާރު ސަލާމަތްކުރުމުން އިހްތިޖާޖް
އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ޖިންސީ ގޯނާގެ ތުހުމަތު
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމަށް އާ ބޭފުޅެއް
މޯދީ ސައޫދީއަށް، އެޖެންޑާގައި މުހިންމު މަޝްވަރާތައް
އިންޑިއާ މީހަކު ދެ މިލިއަން ޑޮލަރާ އެކު ހައްޔަރުކޮށްފި
ދިވެހި ބޭންޑެއްގެ ހުށަހެޅުމަކުން އަނޫ މާލިކް އާޝޯހު
ކޮންމެ 5 އައިފޯނަކުން 1 ފޯނު ހަދަނީ އިންޑިއާގައި
އިންޑިއާގެ މުސްލިމުންގެ މުޒާހަރާގައި ތިން މީހަކު މަރު
ހޮނުއަޅައިގެން އިންޑިއާ އާއި ނޭޕާލުން 69 މީހުން މަރު
މުމްބާއީ ހަމަލާގެ މީހަކު އެމެރިކާއިން އިންޑިއާއަށް