Roadha Mihaaru
ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ތާއީދު ކުރާނަން

ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނަން: ރައީސް

14 އެޕްރީލް 2019

ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އަބަދު ވެސް ތާއީދުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އަބަދު ވެސް ތާއީދުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެ ކަނޑައެޅި އާ ސަފީރު، ވަލީދު އޭއެމް އަބޫއަލީގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެ ގައުމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ ތާއީދު ދެމި އޮންނާނެ ކަމަށެވެ. އަދި ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދީފައިވާ ގައުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ސަފީރުގެ ވާހަކައިގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ހެޔޮއެދުންތައް ރައީސަށް ރައްދުކުރެއްވި އެވެ. އަދި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައިގައި ޔަމަނުން 2017 ވަނަ އަހަރުގެ އދ.ގެ އާންމު މަޖިލީހަށް ހުށަހަޅި ގަރާރެއް ރާއްޖެ އިން ކޯ-ސްޕޮންސާކޮށްފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިރުމަތީ ގުދުސް އަޅުވެތިކުރީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އެ ބިން އަޅުވެތި ކުރުމަށް ފަހު އިޒްރޭލުން ދައުވާ ކުރަމުން ދަނީ މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށަށް ހަދާށެވެ.