Roadha Mihaaru
"ތިލަފުށީގައި ކުނި މެނޭޖްނުވާ މައްސަލަ ހައްލުކުރާނަން"

ތިލަފުއްޓަށް އަޅާނުލީ އެމްޑީޕީ ސަރުކާރުން، އެކަން ހައްލު ކުރާނަން: މިނިސްޓަރު ތޯރިގް

31 އޯގަސްޓް 2016

ކ.ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވެނީ އެމްޑީޕީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެކަން ހައްލުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ.ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވެނީ އެމްޑީޕީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެކަން ހައްލުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

"އެޕްރިޝިއޭޓެޑް އެވޯޑް" އަދި "އެޕްރިޝިއޭޓެޑް ބެޖް" ތައާރަފް ކުރުމަށް ޕީއެސްއެމްގެ ސިިނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ތިލަފުށީގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލަ އަށް އަޅާނުލެވި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"މި ސަރުކާރުން ތިލަފުށީގައި ކުނި މެނޭޖްކުރެވޭނެ ގޮތަށް ހަދާނަން. އިންސިނެރޭޓާ ގާއިމުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިލަފުށީގައި ކުނި މެނޭޖް ކުރެވޭނެ ގޮތެއް ހެދުމަށް އެމްޑީޕީ ސަރުކާރުން ޓަޓުވާ ކުންފުންޏާ ހަވާލުކުރި އެވެ. ތޯރިގް ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ޖެނުއަރީ މަހު އެއްބަސް އުވާލީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެވެ.

ވެމްކޯ އިން ދޭ އެވޯޑު ތައާރަފް ކުރަން ޕީއެސްއެމް ސިިނެކޯ ރޭޑިއޯ މާލަމުގައި ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ވެމްކޯ އިން ދޭ އެވޯޑު ތައާރަފް ކުރަން ޕީއެސްއެމް ސިިނެކޯ ރޭޑިއޯ މާލަމުގައި ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވިގެން ދިޔައީމަ، ކުނި ނައްތާލުމުގައި ވަނީ ބޮއްސުންލީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 2018 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށެވެ. އަދި ސެންޓަރުތަކުގައި މަސައްކަތް ކުރަން 80 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ތަމްރީންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ އޮންނަ ސަރަހައްދު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން ގޭގެއިން ކުނި އެއްކުރުމުގެ ކަންކަން ފަށައި މާލޭން ރައްކާތެރިކަމާ އެކު ކުނި ބޭރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައާރަފް ކުރި މި އެވޯޑަކީ ޒިންމާދާރުކަމާ އެކު ކުނި ނައްތާލުމަށް ފަރުދުންނާއި ޖަމިއްޔާތަކާއި ކުންފުނިތަކަށް ވެސް ބައިވެރިވޭ ގޮތަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދެނީ ޒިންމާދާރު ގޮތެއްގައި ކުނި ނައްތާލުމާއި އެކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މީހުންނަށެވެ. މި އެވޯޑު ލިބުނީ ޕިކަޕް ޑްރައިވަރަކަށް މަސައްކަތްކުރާ މުހައްމަދު ހަސަނަށާއި ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރާ ހަސަން މަންސޫރަށެވެ. އެއީ ވެމްކޯއިން ކުރިއަށް ގެންދިޔަ ސޯޝަލް ހަރަކާތެއްގައި މަގުމަތީގައި އޮތް ކުނި ކޮތަޅެއް ނަގާފައި ވާތީ އެވެ.