Roadha Mihaaru
ކުނި ބަންދުކުރާ ސިސްޓަމެއް ގެންނަން ބޭރުގެ ބަޔަކަށް

ތިލަފުށީގައި ކުނި ބަންދުކުރާ ސިސްޓަމެއް ގެންނަން ސްވިޑްންގެ ކުންފުންޏަކާ ހަވާލުކޮށްފި

19 އޮކްޓޯބަރ 2017

ތިލަފުށީގައި ވޭސްޓް ބޭލިން ސިސްޓަމެއް ގާއިިމު ކުރުމަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަށް ސްވިޑްންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަފުށީގައި ވޭސްޓް ބޭލިން ސިސްޓަމެއް ގާއިިމު ކުރުމަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަށް ސްވިޑްންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ފްލެކްސަސް ކުންފުނިން ސޮއިކުރެއްވީ އެތަނުގެ ސޭލްސް ޑިރެކްޓަރު ޕީޓާ ސުވެންސަން އެވެ.

ދިވެހި ސަރުކާރާއި ޕީއެސްއައިޕީގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އެ މަސައްކަތް ފަސް މަސް ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ފްލެކްސަސްއާ ހަވާލުކޮށްގެން ގެންނަން ހަމަޖައްސާފައި ވަަނީ ބޭލިންް ދެ ސިސްޓަމް ކަމަށެވެ. އެ ސިސްޓަމުން ގަޑިއަކު 20 ޓަނުގެ ކުނި ބޭލް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގައި ކުނި ނައްތާލާ ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ-2) ވާހަކަދައްކަވަނީ-  ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ތިލަފުށީގައި ކުނި ނައްތާލާ ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ-2) ވާހަކަދައްކަވަނީ- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ތޯރިގް ވިދާޅުވީ ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން، މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. އަދި އެ ކަންތައްތައް ހައްލުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަލަށް ގެންނަން ހަމަޖައްސާފައިވާ އިންސިނެރޭޝަން ސިސްޓަމުން އެކަަމަށް ލުއިތަކެއް ލިބޭނެ ކަން ފާހަގަކުރެއްވި އެވެ.

"މާލެ ސަރަހައްދުގެ ރަށްތަކަށް އަރާ ދުމާއި ވަސް ކޮންޓްރޯލް ކުރެވުމުގެ އިތުރުން ތިލަފުށީގައި އަންދާ އެންދުން ވެސް މަދު ކުރެވިގެންދާނެ،" ތޯރިގް ވިދާޅުވި އެވެ.

ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް މިހާރު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ބޭރުގެ އެހީއަކާއެކު، 15 ހެކްޓަރުގެ ބިމެއް ވެމްކޯ އަށް ކަނޑައަޅައި އެތަން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.