05 ޖޫން 2018
މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި، 893 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި، 893 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބެއްގައި ވިދާޅުވީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރަން ޖަމިއްޔާތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަމިއްލަ އިސްނެގުމާ އެކު އާއްމު ފަރާތްތަކުން ކުރާ އެ މަސައްކަތްތަކުގައި އަގުހުރި މިސާލު ދައްކަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، ޕްލާސްޓިކަކީ ތިމާވެށި ތަގައްޔަރުވުމަށް މެދުވެރިވާ އެންމެ ނުރައްކާތެރި އެއް ވަސީލެތެވެ. އެހެންވެ، ޒަމާނާ އެކު މި ލިބުނު ފަސޭހަތަކަކީ، ތިމާވެއްޓާ ރައްޓެހި ފަސޭހަތަކަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރިއުޅުމުގެ ގިނަ އަސާސީ ބޭނުންތަކުގެ އަސަރުތައް މި ބިން މައްޗަށް މިއަދު ދޫކުރެވިގެން މި ދަނީ ކުނީގެ ސިފައިގަ އެވެ. މީގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތި ފަނާވެ ނުދާ ޕްލާސްޓިކް ކުނީގެ ހިއްސާ ބޮޑުކަން ފާހަގަކުރަމެވެ،" ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވި އެވެ.
ޕްލާސްޓިކް ކުނީގެ ފަހު މަންޒިލަކަށް ކަނޑުތަކާއި ގޮނޑުދޮށްތައް ވުމުން ހިތާމަކުރަން ޖެހޭ ކަމަށާއި އެގޮތަށް ކަން ހިނގާ ނަމަ، ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށް ވުރެ ޕްލާސްޓިކް ގިނަވެދާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ހެޔޮ ބަދަލެއް ނުގެނެސްފި ނަމަ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ، ޕްލާސްޓިކް ކުނިން ފަރުތައް ތަގައްޔަރުވެ، އޭގެ އަސަރު އެހެނިހެން ދިރުންތަކަށް ކުރާނެ ކަމަށެވެ. އެންވެރިކަމާއި މަސްވެރިކަން ގުޅިފައިވާ ގޮތަށް، އެއްގަމު ދިރުންތަކާއި ދޫނިސޫފާސޫފީގެ ދިރުން ވެސް އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަދަ ދުވަހެއްގައި، ތިމާވެއްޓާ ރައްޓެހި އާދަތަކަށް ބަދަލު ކުރުމަށްޓަކައި އަޒުމް އާ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެއްފަހަރު އެއްލައިލެވޭ ޕްލާސްޓިކްގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ޒާތުގެ އެހެން އެއްޗެހި ގެންގުޅުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު
ޕްލާސްޓިކް ކޮތަޅު މަދުކުރާ ގައުމީ ކެމްޕެއިން ފަށަައިފި
ރާއްޖޭގައި އޮޔާއި ރާޅުން ކަރަންޓު އުފެއްދޭތޯ ބަަލަނީ
"ތިލަފުށީގައި ކުނި މެނޭޖްނުވާ މައްސަލަ ހައްލުކުރާނަން"
ބޮޑެތި ކުނި ހެޔޮ އަގުގައި އުކާލުމުގެ ހިދުމަތް ފަށައިފި
އެންމެ ދެކުނުގެ ކުނި މެނޭޖް ކުރުން އެމްއާރްޑީސީ އަށް
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ތިމާވެށި ހިމާޔަތްކުުރުމުގައި ދެމިތިބޭނަން: ރައީސް
ކުނިން ހަކަތަ އުފައްދާ މަޝްރޫއު އައްޑޫގައި ފަށަން ތައްޔާރު
ރާއްޖޭގެ ހިތްގައިމު ތިން ސަރަހައްދެއް ހިމާޔަތްކޮށްފި