11 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖުމްހޫރީ ޕާޓީގެ އަލީ ހުސައިނެވެ. އޭނާ އަށް 988 ވޯޓު ލިބިވަޑައިގެންނެވި އިރު، އަލީ ހުސައިނާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.
ކެންދޫގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އީސީން ކަނޑައެޅީ، އިންތިޚާބުގައި ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓަކަށް ވޯޓުލީ ގޮތާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.
އިންތިޚާބާ ބެހޭ މައި މަރުކަޒުގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ހުށަހެޅި ޝަކުވާތައް ބެލިއިރު ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަންޖެހޭ ފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ.
"އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ހުށަހެޅީ ކެންދޫގެ އިންތިޚާބު ބާތިލްކުރަން. އަޅުގަނޑުމެން އެ ޝަކުވާތައް ބެލިއިރު، އިންތިޚާބު ބާތިލް ކުރަން ޖެހޭ ފަދަ ހެއްކެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލްކޮށް، އަލުން ވޯޓުލެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި އީސީ އަށް ހުށަހެޅީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަހުމަދު ލަތީފްގެ ފަރާތުންނެވެ. އީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ ވޯޓު ލާ މީހުންގެ ތަފްސީލް ގަޑިއަކު އެއްފަހަރު ހާމަކުރަން އޮންނަ އުސޫލުގެ ދަށުން، މެންދުރު ދޭއް ޖެހި އިރު، އެ ފޮއްޓަށް 377 މީހަކު ވޯޓު ލި ކަމަށް ބުނި ނަމަވެސް އެ އަދަދަށް މީހުން ވޯޓުލާފައި ނުވާ ކަމަށެވެ.
ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށް ވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެ ވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެ ހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ކަމަށާއި އެކަމަކު ވޯޓުލުން މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށް ވެސް ޝަކުވާގައިވެ އެވެ. އަދި ވޯޓުލުން ހައެއް ޖެހިއިރު ބަންދުކުރި ފަހުން ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ފޮއްޓަށް ވޯޓުލާފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލައިގައިވެ އެވެ.
ބާތިލް ވޯޓު ގުނުމުން ގާސިމް ފަރަގު ބޮޑުކޮށްފި
ކެންދޫ ވޯޓު ފޮއްޓެއްގެ މައްސަލަ ތަހުގީގުކުރަނީ
ވޯޓާސް ލިސްޓްގައި ސޮއިކުރަން މާދަމާ ފަށަނީ
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
މާލޭގެ ދާއިރާ އިތުރުކުރަން ގޮތް ނިންމުން ޕާޓީތަކަށް
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ދާއިރާގެ މީހުންނާ ބައްދަލުކުރަން މަޖިލިސް ބޭނުންކުރެވޭނެ
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ