ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލް ވޯޓުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އަލުން ގުނުމުން ކުޑަ ތަފާތަކުން ގާސިމް ފަރަގު ބޮޑުކޮށްފި އެވެ.
09 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލް ވޯޓުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އަލުން ގުނުމުން ކުޑަ ތަފާތަކުން ގާސިމް ފަރަގު ބޮޑުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މި ފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. އިލެކްޝަން ކޮމިޝަނުން ކުރިން އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް ގޮނޑި ދިފާއު ކުރެއްވީ 80 ވޯޓުގެ ތަފާތުންނެވެ.
މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާގެ ބާތިލް ވޯޓުގެ ގޮތުގައި އޮތް 190 ވޯޓު އަލުން ގުނުމުން ގާސިމަށް ވަނީ އިތުރަށް 64 ވޯޓު ލިބިވަޑައިގެންފަ އެވެ. ގާސިމާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒަށް އިތުރަށް 45 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެ ދާއިރާ އަށް ދެން ވާދަކުރެއްވީ އެމްއެލްއެސްޑީޕީގެ ކެންޑިޑޭޓް އަހުމަދު އިބްރާހިމެވެ.
ބާތިލް ވޯޓު އަލުން ގުނުމުން ޖުމްލަ ވޯޓުގެ ގޮތުގައި ގާސިމަށް ވަނީ 1،145 ވޯޓު ލިބިވަޑައިގެންފަ އެވެ. އަމީޒަށް ލިބިވަޑައިގެންނެވީ 1،046 ވޯޓެވެ. އެހެން ކަމުން ގާސިމް މި ވަނީ ވޯޓުގެ ފަރަގު 99 އަށް މަތިކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، ބާތިލް ވޯޓު ގުނަން އިލެކްޝަންސުން ނިންމީ ގާސިމްގެ ކެމްޕޭން އެޖެންޓެއްގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
މި އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ނަމަވެސް އެހެން ފަހަރުތަކާ އަޅާބަލާ އިރު ގާސިމަށް ލިބުނު ވޯޓުގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަދުވެފަ އެވެ. އެހެން ފަހަރުތަކުގައި މާމިގިލީ ދާއިރާ ގާސިމް ކާމިޔާބު ކުރައްވަނީ 80 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ.
މި އިންތިޚާބުގައި ގާސިމްގެ ޖުމްހޫރީ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނެވެ. އެކަމަކު އެ ޕާޓީ އަށް ލިބުނީ ފަސް ގޮނޑި އެވެ. ކުރިއަށް އޮތް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު 65 ގޮނޑިއާ އެކު ހޯދީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީންނެވެ.
ވޯޓުތައް ބާތިލްކުރި މައްސަލައިގައި އަދި ފިޔަވަޅެއް ނާޅާ
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް
ކެންދޫގެ ވޯޓު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ
ގާސިމާއި ސައީދުގެ ވޯޓުތައް އަނެއްކާ ވެސް ގުނަނީ
ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ކުރުމުން ފިޔަވަޅު އަޅަނީ
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!
ނަޝީދު އުޅެނީ ބޮޑުވަޒީރު ކަމަށް އަންނަން: ގާސިމް
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
ވޯޓާސް ލިސްޓްގައި ސޮއިކުރަން މާދަމާ ފަށަނީ
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް