10 އެޕްރީލް 2019
އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުހުގެ ރައީސްގެ މަގާމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފު އަދި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވުމާ އެކު، އެ މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުހުގެ ރައީސްގެ މަގާމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފު އަދި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވުމާ އެކު، އެ މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑިއާ އެކު ސުޕާ މެޖޯރިޓީއެއް ހޯދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގާބިލު ބޭފުޅުންގެ ލިސްޓުގައި އަސްލަމްގެ ނަން ހިމެނުއްވީ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދެވެ. މަޖިލިހުގެ ރައީސްގެ އިތުރުން ނައިބު ރައީސްކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި އެބަތިއްބެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާ އެކު އަސްލަމް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އަސްލަމަކީ، ނަޝީދު އެންމެ އިތުބާރު ކުރައްވާ އަދި އެމަނިކުފާނާ އެންމެ ގާތްބޭފުޅުންގެ ތެރޭގައި ހިމެނިވަޑަައިގަންނަވާ ބޭފުޅެކެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިހާރުގެ ލީޑަރު އަސްލަމް "މިހާރު" އަށް ވިދާޅުވީ، އާ މަޖިލިހުގެ ރައީސްކަމަށް އޭނާ ހޮވުމާ މެދު ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ. އެ މަގާމަށް އޭނާ ހަމަޖައްސަން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުން އެދޭ ފަދައިން ބަސްބުނެވޭނެ ތަނަކަށް ހަދާނެ ކަމަށް ވިދާޅުވި އެވެ. ބަހުސްކުރަން އޮންނަ ވަގުތުތަކާއި ކޮމިޓީތައް އިތުރުކޮށް، މެމްބަރުންނަށް ހަމަހަމަކަން އެތަނުގައި ގާއިމްކޮށްދެއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 15 ވަރަކަށް އަހަރު އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއާ އެކު، އިސްލާހު ގެންނަން ޖެހިފައި ހުރި ކަންކަމަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރާނަން. މީގައި ގޮތް ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން،" ހަތަރު ވަނަ ދައުރަކަށް މަޖިލިހަށް އިންތިޚާބުކުރި އަސްލަމް ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ރައީސަކަށް އޭނާގެ ނަން ހުށަހަޅުއްވައިފި ނަމަ ގަބޫލުކުރައްވާނެ އެވެ. އަދި އެހެން ބޭފުޅެއްގެ ނަން ހުށަހަޅައިފި ނަމަ ވެސް ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"ޕާޓީން އިންތިޚާބުވެފައި ތިބި މެމްބަރުން ނިންމާ ކޮންމެ ގޮތެއް އަޅުގަނު ގަބޫލުކުރާނަން. ޕާޓީ ލައިނުން އަޅުގަނޑު ކުރިއަށް ދާނީ،" އަފީފް ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އަށް ޖާބިރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެކަމަކު އެ މަގާމަށް ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި ނަމަ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ވަރަށް ގާބިލް ބޭފުޅެއް، [އަސްލަމް އެއީ،]. ދެން އަޅުގަނޑުމެން އޮންނާނީ ކޮމްޕެޓިޝަނެއްތާ. ގާބިލްކަން ނިންމާނީ މަޖިލީސް މެމްބަރުންތާ. އަޅުގަނޑު ކުރިމަތިލާން ނިންމައިގެން މި ހުންނަނީ. އަސްލަމަށް އަޅުގަނޑު ތާއީދު ކުރަން. އަސްލަމް ވެސް އަޅުގަނޑަށް ތާއީދު ކުރައްވާނެ،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވައި ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ވެސް އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް، ސަރުކާރު ހިންގާ ޕާޓީތަކުން ހެދި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އަދި ނައިބަކަށް އައްޔަން ކުރަންވާނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދު އޮންނަ ބޭފުޅެއް ކަަމަށް ވެސް ވެ އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ގާސިމް ހިތްހަމަޖެހިވަޑައިނުގަތް އެއް ސަބަބަކީ، އެ އެއްބަސްވުމަށް އަމަލުކުރަން އެމްޑީޕީން ބޭނުން ނުވެ، ހުރިހާ ދާއިރާތަކަށް ވަކިވަކިން ވާދަ ކުރުމެވެ.
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ
އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލާކަށް ނޭދެން: އަސްލަމް
ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅެއް ކަނޑައަޅައިިފި
މަޖިލިހުގެ ރައީސަކަށް އެމްޑީޕީން ކަނޑައެޅީ ނަޝީދު
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި
ވޯޓު، ތަރައްގީއާ ގުޅުވުމުން އީވާ ހިތްހަމަނުޖެހިއްޖެ
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް