30 އޯގަސްޓް 2016
ލަންޑަން (އޮގަސްޓް 30) - ވިހޭ އިރު އެއްހަށިގަނޑުން ގުޅިފައިވާ އިނގިރޭސިވިލާތުގެ ދެބެން އޮޕަރޭޝަން ކޮށްގެން ރަނގަޅު ކުރުމަށް ފަހު ސްކޫލަށް ދާން ތައްޔާރުވެއްޖެ އެވެ.
ލަންޑަން (އޮގަސްޓް 30) - ވިހޭ އިރު އެއްހަށިގަނޑުން ގުޅިފައިވާ އިނގިރޭސިވިލާތުގެ ދެބެން އޮޕަރޭޝަން ކޮށްގެން ރަނގަޅު ކުރުމަށް ފަހު ސްކޫލަށް ދާން ތައްޔާރުވެއްޖެ އެވެ.
ރޯސީ އާއި ރޫބީ ފޮމޯސާގެ ނަންދީފައިވާ މި ދެ ކުދިން ވެހޭއިރު ވަނީ ދަށްބަނޑުން ގުޅިފަ އެވެ. ދެ ކުދިންގެ ވެސް ބޮޑު ގޮހޮރުގެ ބައެއް ވަނީ ގުޅިފަ އެވެ. އެހެންވެ މި ދެ ކުދިން ސަލާމަތްވާނެ ކަމުގެ އޮތީ 20 ޕަސެންޓް ފުރުސަތެކެވެ. އެހެން ނަމަވެސް މި ދެ ކުދިން ވިހެއުމާ އެކު 2012 ވަނަ އަހަރު ވަނީ އޮޕަރޭޝަން ކޮށްފަ އެވެ.
އެއް ހަށިގަނޑުން ގުޅުނު ދެ ކުދިން އޮޕަރޭޝަނަށް ފަހު ފުރަތަމަ އުފަން ދުވަސް ފާހަގަކުރަނީ. --ފޮޓޯ:ބީބީސީ
ދެ ކުދިންގެ މަންމަ އެންޖެލާ ފޮމޯސާ ބުނީ އުމުރުން މިހާރު ހަތަރު އަހަރުވެފައިވާ ދެބެން ސްކޫލަށް ދެވޭތީ ތިބީ ވަރަށް އުފަލުން ކަމަށެވެ.
"އަހަރެން މާބަނޑު ދުވަސްވަރު ހިތަށް ވެސް ނާރާ މި ދެ ކުދިންނަށް ސްކޫލަށް ދެވޭނެ ކަމަށް. ހުރިހާ ޝުކުރެއް ވެސް އޮތީ އޮޕަރޭޝަން ކުރި ހޮސްޕިޓަލަށް،" މަންމަ ފޮމޯސާ ބުންޏެވެ.
އޭނާ ބުނީ ބަނޑުގައި އޮތް ދެ ކުދިން އެއް ހަށިގަނޑުން ގުޅިފައިވާކަން އެނގުމުން އޭނާ އަށާއި ފިރިމީހާ ޑެނިއަލް ފޮމޯސާގެ ހިތްހަލާކުވި ކަމަށެވެ. އެއް ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. މި ގޮތަށް އުފަން ވަނީ ގާތްގަނޑަކަށް އުފަންވާ ކޮންމެ 200،000 ކުދިންގެ ތެރޭން ކުއްޖަކަށެވެ.
އިނގިރޭސިވިލާތުގެ މި ދެ ކުދިން ވިހޭ އިރު ވަނީ އެއް ހަށިގަނޑަކުން ގުޅިފައި. --ފޮޓޯ:ބީބީސީ
އިނގިރޭސި ވިލާތުގެ މި ދެ ކުދިން ސިޒޭރިއަން ހަދައިގެން ނެގީ ލަންޑަނުގެ ޔުނިވާސިޓީ ކޮލެޖް ހޮސްޕިޓަލުގަ އެވެ. މި ކުދިން ވިހޭތާ މާގިނައިރެއް ނުވަނީސް ވަނީ ލަންޑަނުގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަން ކޮށްފަ އެވެ.
ފެމޯސާ، 35، ބުނީ ސްކޫލަށް ދެވޭތީ ދެބެން ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައި ކަމަށެވެ. ސަބަބަކީ އެ ކުދިންގެ ދައްތަ ވެސް ސްކޫލަށް ދާތީ އެވެ.
"އެ ކުދިންގެ ޓީޗަރާ ވެސް ވަނީ ބައްދަލުވެފައި. ޓީޗަރު ދެކެވެސް ވަރަށް ލޯބިވޭ. ސްކޫލަށް ގޮސް ކުލަ ޖައްސާ ފޮތް ކިޔާހިތް އެ މީހުން ވަރަށް ބޮޑަށް ވޭ،" ފެމޯސާ ބުންޏެވެ.
ހަތަރު އަހަރުގެ ދެބެން އަންނަ މަހު ސްކޫލަށް ދާން ފަށާނެ. --ފޮޓޯ:ބީބީސީ
ދެ ކުދިންގެ އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޕްރޮފެސާ ޕައޮލޯ ޑި ކޮއްޕީ ވިދާޅުވީ ރޯސީ އާއި ރޫބީ އަންނަ މަހު ސްކޫލަށް ދާން ފަށާތީ ވަރަށް އުފާވާ ކަމަށެވެ.
ދެމަސް ތެރޭ ޔޫކޭއިން މަހުގެ ޑިއުޓީ ކަނޑާލާނެ: ނަޝީދު
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
ރާއްޖޭގެ މަހުން ޑިއުޓީކުޑަކުރަން ޔޫކޭއިން ބޭނުމެއް ނުވި
އީޔޫ އިން އިނގިރޭސިން ރަސްމީކޮށް ވަކިވެއްޖެ
ވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި
ކޮވިޑް-19: އެއްމާބަނޑު ދެބެން މަރުވީ ދާދި އެކުއެކީ
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ
ވަކިވާން މަޖުބޫރު އެކަމަކު ވަކިވާކަށް ބޭނުމެއްނޫން
ލަންޑަނުގައި ދިން ވަޅީގެ ހަމަލާގައި އެކަކު މަރާލައިފި
އީޔޫން ވަކިވުމުގެ ވޯޓާ އެކު ކެމަރަން އިސްތިއުފާ ދެނީ