Roadha Mihaaru
ދެމަސް ތެރޭ ޔޫކޭއިން މަހުގެ ޑިއުޓީ ކަނޑާލާނެ: ނަޝީދު

ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ޔޫކޭއިން ރާއްޖޭގެ މަހުން ޑިއުޓީ ނެގުން ހުއްޓާލާނެ: ނަޝީދު

21 ޑިސެމްބަރ 2022

އެންމެ ލަސްވެގެން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންމެ ލަސްވެގެން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ ދިވެހި މަހުން ޑިއުޓީ ނެގުން ލަސްވެގެން މި އަންނަ ދެ މަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ކަމަށް އެމަނިކުފާނުގެ ރަހުމަތްތެރި، އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭ ވިދާޅުވެފައިވާ ކަމަށެވެ.

"މިއީ އުފާވެރި ހަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ. މިކަން ކުރަން އެކި ފޯރަމްތަކުގައި ޔޫރަޕުގެ ގައުމުތަކާ އެކު މި ސަރުކާރުން މަޝްވަރާ ކުރި ނަމަވެސް އަދި އެކަން ކާމިޔާބެއް ނުވެ އެވެ.