Roadha Mihaaru
ލަންޑަނުގައި ދިން ވަޅީގެ ހަމަލާގައި އެކަކު މަރާލައިފި

ލަންޑަނުގައި ދިން ވަޅީގެ ހަމަލާއެއްގައި އެކަކު މަރާލައިފި

04 އޯގަސްޓް 2016

ލަންޑަން (އޮގަސްޓް 4) - މެދުތެރޭ ލަންޑަނުގެ ރަސެލް ސްކްވެއާގައި ދިން ވަޅީގެ ހަމަލާއެއްގައި އަންހެނަކު މަރުވެ ފަސް މީހުން ޒަޚަމްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އޮގަސްޓް 4) - މެދުތެރޭ ލަންޑަނުގެ ރަސެލް ސްކްވެއާގައި ދިން ވަޅީގެ ހަމަލާއެއްގައި އަންހެނަކު މަރުވެ ފަސް މީހުން ޒަޚަމްކޮށްލައިފި އެވެ.

ހަމަލާ ދިން މީހުންގެ ތެރޭން އުމުރުން 60 ގެ އަހަރުތަކުގެ އަންހެނަކަށް ވަނީ ވަގުތުން ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ މީހާ މަރުވެފަ އެވެ. ވަޅީގެ ހަމަލާއާ ގުޅިގެން 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެއީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ލަންޑަނުގައި ވަޅީގެ ހަމަލާ ދިން ސަރަހައްދުގައި ފޮރެންސިކް ޓީމުން ޓެންޓްތައް ގާއިމްކޮށް ތަހުގީގު ކުރަނީ --ފޮޓޯ:ބީބީސީ

ލަންޑަނުގައި ވަޅީގެ ހަމަލާ ދިން ސަރަހައްދުގައި ފޮރެންސިކް ޓީމުން ޓެންޓްތައް ގާއިމްކޮށް ތަހުގީގު ކުރަނީ --ފޮޓޯ:ބީބީސީ

ސްކޮޓްލެންޑް ޔާޑުގެ އެސިސްޓެންޓް ކޮމިޝަނާ ފޯ ސްޕެޝަލް އޮޕަރޭޝަންސް މާކް ރޯލީ ވިދާޅުވީ ވަޅީގެ ހަމަލާ ގެންދަނީ ފުލުހުންގެ ކައުންޓާ-ޓެރަރިޒަމް ޔުނިޓުން ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިއީ ޓެރަރިޒަމާ ގުޅުމެއް އޮތް ހަމަލާއެއްތޯ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަލާ ދިން، ބްރިޓިޝް މިއުޒިއަމް އަދި ލަންޑަން ޔުނިވާސިޓީ، ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ ޓެންޓެއް ގާއިމްކޮށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ދަނީ ގިނަ އަދަދަކަށް ފުލުހުން ވެސް ހަރަކާތްތެރިވަމުންނެވެ. ލަންޑަން ފުލުހުން ބުނީ މި ހަމަލާއާ ގުޅިގެން މަގުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރޭނެ ކަމަށެވެ.

ލަންޑަނުގައި ވަޅީގެ ހަމަލާ ދިން ސަރަހައްދު ފުލުހުން ބަންދު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލަންޑަނުގައި ވަޅީގެ ހަމަލާ ދިން ސަރަހައްދު ފުލުހުން ބަންދު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލަންޑަނުގެ ޕަބްލިކް ޓްރާންސްޕޯޓަށް އަމާޒުކޮށް ޖުލައި 7، 2005 ގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި ވަނީ 52 މީހުން މަރުވެފަ އެވެ.