Roadha Mihaaru
އެމްއައިޓީޑީސީ: އަމާޒަކީ ޓޫރިސްޓު ވަސީލަތް ގާއިމްކުރުން

އެމްއައިޓީޑީސީ: އަމާޒަކީ ރަށްރަށުގައި ޓޫރިސްޓުންނަށް ވަސީލަތްތައް ގާއިމް ކުރުން

27 މާޗް 2019

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ދެން މަސައްކަތް ކުރާނީ ގެސްޓްހައުސް ހިންގާ ރަށްރަށުގައި އެކި ވަސީލަތްތައް ގާއިމުކޮށް އެރަށްރަށުގެ ރައްޔިތުންނާ ހަވާލުކޮށްގެން އެތަންތަން ހިންގަން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ދެން މަސައްކަތް ކުރާނީ ގެސްޓްހައުސް ހިންގާ ރަށްރަށުގައި އެކި ވަސީލަތްތައް ގާއިމުކޮށް އެރަށްރަށުގެ ރައްޔިތުންނާ ހަވާލުކޮށްގެން އެތަންތަން ހިންގަން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އުފެއްދި ކުންފުންޏެކެވެ. އެގޮތުން ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާތައް ރިސޯޓެއް ގާއިމްކުރުމުގެ މަސައްކަތާއި ކ. ކާށިދޫގައި ޓޫރިސްްޓު ވިލެޖެއް ގާއިމު ކުރުމުގެ މަސައްކަތް އެ ކުންފުނިން އޮތީ ފަށައިފަ އެވެ. ނަމަވެސް އާ ސަރުކާރާ އެކު ކުންފުނި އޮޑިޓް ކުރުމުން އެނގުނީ އެ މަޝްރޫތައް އެކަށީގެންވާ ގޮތެއްގައި ހިންގުމުގެ ބަދަލުގައި ބޮޑެތި އަދަދުތަކުން ހޭދަކޮށްފައިވާ ކަމެވެ.

MITDC: Ekasheegenvaa massahkatheh nukurey ekamaku haradhu 30 million!

MITDC: Ekasheegenvaa massahkatheh nukurey ekamaku haradhu 30 million!

The most trusted news source in the Maldives

Mihaaru

އެމްއައިޓީޑީސީން ހިންގި ކަމަށް ބެލެވޭ ހިޔާނާތްތައް

ރާއިދު ވިދާޅުވީ ކުންފުނީގެ ހާލަތު އޮތް ގޮތުން އެ ކުންފުނި އުވާލުމުގެ ވިސްނުން ގެންގުޅުމުން އެކަން ނުކުރުމަށް ސަރުކާރުގެ ވެރިންގެ ގާތު އެދިވަޑައިގެންފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާއަށް ހާއްސަ އެތައް ކުންފުންޏެއް އެކި ސަރުކާރުން އުފައްދާފައި ވިޔަސް އެކަށީގެންވާ ގޮތަށް ހިންގިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އަމިއްލަ ކުންފުނިތައް ކުރިއަރައިގެން އަންނަ ކަމަށާއި އެހެންކަމުން ސަރުކާރުގެ ކުންފުނިތައް ކުރިނާރާ އޮތް އޮތުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމާ ދޭތެރޭ ރައްޔިތުން ގެއްލިފައި އޮތް އިތުބާރު ހޯދުން އެއީ އަމާޒަކީ،" ފުލުހެއްގެ ގޮތުގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ ރާއިދު ވިދާޅުވި އެވެ.

ދެ ޓޫރިސްޓަކު ޖެޓް ސްކީ ދުއްވަނީ: ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ނިންމާފައި-- ފޮޓޯ: މިހާރު

ދެ ޓޫރިސްޓަކު ޖެޓް ސްކީ ދުއްވަނީ: ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ނިންމާފައި-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ އެ ކުންފުނީގެ މެންޑޭޓަކީ ރިސޯޓުތައް ހެދުމުގެ ބަދަލުގައި މެދު ފަންތީގެ ޓޫރިޒަމް، ނުވަތަ ގެސްޓްހައުސްތަކަށް އިތުރު އެހީތެރިކަން ދިނުން ކަމަށެވެ. މިހާރު ހުރިހާ އަމާޒެއް އޮތީ އެކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

އެއީ ގެސްޓް ހައުސްތައް އެޅުމާއި އެފަދަ ތަންތަން ހިންގާ ރަށްރަށުގައި އެކި ފެސިލިޓީތައް ގާއިމްކުރުމެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓުތަކާއި ޑައިވިން ސެންޓަރު ހިމެނެ އެވެ. އަދި ޒަމާނީ ފެންވަރެއްގެ ލޯންޑްރީތަކާއި ފޮޓޯ ނެގުމުގެ ހިދުމަތް ދޭ ތަންތަން ވެސް ރަށްރަށުގައި ހަދަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ދެ ކޮޓަރިއަށް އަންނަ ޓޫރިސްޓު މީހާ ބޭނުންވާ ކަންކަން ހުންނާނެތާ. އެއީ އަޅުގަނޑުމެން އަންނަ ހިސާބަކީ. އަޅުގަނޑުމެން މިހަދާ ގޮތަކީ ބޮޑު ބިމެއްގައި ބައިވަރު ފެސިލިޓީތަކެއް މިއަޅަނީ،" ރާއިދު ވިދާޅުވި އެވެ.

"ދެން އަނެއްކާ މި ކުންފުނިން އެ ތަންތަން އޮޕަރޭޓެއް ނުކުރާނެ. އެތަންތަން ހަމަ ކުއްޔަށް ދީގެން އެރަށުގެ ބަޔަކަށް ފުރުސަތު ދީގެން ހިންގާނީ."

ރާއްޖޭގެ ރިސޯޓަކަށް އައި ޓޫރިސްޓަކަށް މަރުހަބާ ކިއުމުގެ ގޮތުން މާފަތި އަޅުވަނީ: ފޮޓޯ: މިހާރު

ރާއްޖޭގެ ރިސޯޓަކަށް އައި ޓޫރިސްޓަކަށް މަރުހަބާ ކިއުމުގެ ގޮތުން މާފަތި އަޅުވަނީ: ފޮޓޯ: މިހާރު

ރާއްޖޭގެ ގިބައެއް ރަށްރަށުގައި ގެސްޓް ހައުސްތައް ހިންގާއިރު ވަސީލަތްތައް ގާއިމްކޮށްފައި ހުރީ މަދު ރަށެއްގަ އެވެ. އެކަމަކު ސްޕާ އާއި ޖިމްގެ އިތުރުން ރަނގަޅު ފެންވަރެއްގެ މޫދު ކުޅިވަރުތައް ކުޅެވޭނެ ގޮތް ވާން ޓޫރިސްޓުން ބޭނުންވެ އެވެ.

އެމްއައިޓީޑީސީން މިހާރު ނިންމާފައިވަނީ ކާށިދޫގައި ތަރައްގީ ކުރާ ޓޫރިސްޓު ވިލެޖުގައި ވެސް ސްޕާއަކާއި ސުވެނިއާ ފިހާރަތަކުގެ އިތުރުން މޫދު ކުޅިވަރާއި ޑައިވިން ސެންޓަރެއް ހަދާށެވެ. އަދި ހއ. ކެލަ އާއި ފުވައްމުލަކު ފަދަ ބިން ބޮޑު ރަށްތަކުގައި އެފަދަ ފެސިލިޓީސްތައް ގާއިމްކުރުން ވެސް ވިސްނުމުގައި އޮތް ކަމަށް ރާއިދު ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ ތިން ރަށެއްގައި ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ފެށޭވަރުވާނެ އެވެ.