29 ސެޕްޓެމްބަރ 2022
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ މި އަހަރުގެ "ސަވާދީއްތަ" ދަތުރަށް ޓުއަގައިޑުން ތަމްރީނުކުރަން ފަށައިފި އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ މި އަހަރުގެ "ސަވާދީއްތަ" ދަތުރަށް ޓުއަގައިޑުން ތަމްރީނުކުރަން ފަށައިފި އެވެ.
އެ ކުންފުންޏާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ބާއްވާ އެ ތަމްރީނު ރަސްމީކޮށް ފެށީ ބައިނަލްއަގްވާމީ ޓޫރިޒަމްގެ ދުވަހާ ގުޅުވައިގެން މިދިޔަ އަންގާރަ ދުވަހު އެވެ.
މިދިޔަ އަހަރެެކޭ އެއްގޮތަށް މި އަހަރުގެ ތަމްރީނުތައް ވެސް އޮންނާނީ 10 ދުވަހަށް ކަމަށް އެމްއައިޓީޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނިގޮތުގައި، ތަމްރީނުގެ މަގްސަދަކީ ސަވާދީއްތަ ދަތުރުގައި ރަށްރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެ ރަށެއްގެ ފުރިހަމަ މައުލޫމާތު ދިނުމާއި އެ ރަށްތަކުގައި ޓޫރިސްޓުން ހޭދަކުރާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ތަމްރީނުކުރުމެވެ.
“The real ambassadors of Maldives tourism are the local guides, who explains the rich culture & livelihood of the islands” Minister @DrChubby
— MITDC (@mitdc_mv) September 28, 2022
Launching of Local Guide Training Programme for @savaadheeththa
in collaboration with @MVPolytechnichttps://t.co/hVawI3vDyM pic.twitter.com/ipzwgARn0c
އެއީ އެމްއައިޓީޑީސީން އިސްވެ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު، މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިލޭ ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ ރަށްތަކާއި ޓޫރިޒަމާއި އާދަކާދަ އާއި އަދި ހާއްސަކޮށް ސަވާދީއްތަ ދަތުރުގައި ބަނދަރުކުރާ ރަށްރަށާ ބެހޭ މައުލޫމާތު ހިމެނޭ ގޮތަށް، ޓޫރިސްޓުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގާބިލް ބަޔަކު ތައްުޔާރުކުރުމަށް ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.
އެ ތަމްރީނު ފެށުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި އެމްއައިޓީޑީސީ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ އެފަދަ ތަމްރީނުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.
މި އަހަރުގެ ސަވާދީއްތަ ދަތުރުގެ ތެރެއިން ---ފޮޓޯ: އެމްއައިޓީޑީސީ
އޭނާ ވިދާޅުވީ އެެއީ ކޮވިޑަށް ފަހު ސަރުކާރުން "ރިޒިލިއެންޓް ވޯކްފޯސް" އެއް ބިނާކުރަން ކުރާ މަސައްކަތައް އިތުރުވި ބޮޅެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ހިންގޭ އެންމެ ތަފާތު އަދި ރާއްޖެއާ އެންމެ ގުޅުން ހުރި ދަތުރު ކަމަށެވެ. އަދި އެއީ ސަވާދީއްތަ ދަތުރު ބަނދަރުކުރާ ރަށްތަކާގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ފަތުރުވެރިކަމުގެ ހަގީގީ ދިވެހި އެމްބެސަޑަރުންނަކީ، ފަތުރުވެރިންނަށް ކަންކަން އޮޅުންފިލުވައިދޭ އާރުކާޓީން (ޓުއަ ގައިޑުން) ކަމަށް ވާތީ، އެއީ ވަރަށް މާތް އަދި މުހިންމު މަސައްކަތެއް" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
މި އަހަރުގެ ސަވާދީއްތަ ދަތުރުގެ ތެރެއިން ---ފޮޓޯ: އެމްއައިޓީޑީސީ
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ސަގާފަތާއި ޖަޒީރާ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކުރުމާއި ގައުމުގެ ގުދުރަތީ ރީތިކަން ޓޫރިސްޓުންނަށް ދައްކާލުމާއި މީހުން ދިރިއުޅޭ ރަށްރަށް އިޝްތިހާރު ކުރެެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޔޮޓް ރެލީއެކެވެ. އެއީ އެމްއައިޓީޑީސީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ގަސްދު ކޮށްފައިވާ ދަތުރެކެވެ.
"ސަވާދީއްތަ" ދެވަނަ ދަތުރު ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗުމަހުގެ ފުރަތަމަ ދުވަހު ފ. ނިލަންދޫނެވެ. އެ އަށް ފަހު، ޅ. ހިންނަވަރާއި ބ. ގޮއިދު އާއި އއ. ތޮއްޑު އާއި އއ. ރަސްދު އާއި އއ. އުކުޅަހާއި އދ. ދަނގެއްޗާއި އދ. ދިގުރަށަށް ބަނދަރުކޮށް، ދަތުރު ނިންމާނީ އދ. މާމިގިލިންނެވެ.
މި އަހަރު ބޭއްވި ސަވާދީއްތައިގެ ފުރަތަމަ ދަތުރު ކާމިޔާބުކާމައެކު ނިންމާލުމަށް ފަހު، އަންނަ އަހަރުގެ ދަތުރަށް ކުރިމަތިލީ ވަރަށް ބޮޑު އިތުބާރާއި އަޒުމާއެކު ކަމަށް އެމްއައިޓީޑީސީން ބުނެ އެވެ.
ބަރެސްދޫ ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކޮށްފި
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޔޮޓު ރެލީއެއް
އެމްއައިޓީޑީސީ: އަމާޒަކީ ޓޫރިސްޓު ވަސީލަތް ގާއިމްކުރުން
އެމްއައިޓީޑީސީ:މަސައްކަތެއް ނުކޮށް ހަރަދު 30 މިލިއަން
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
"ސަވާދީއްތަ ދަތުރު" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ބަރެސްދޫ: ދުބާއީގެ "ޕާމް އައިލެންޑް" ކޮންސެޕްޓަށް
ބަރެސްދޫގެ މަސައްކަތް ހުއްޓުނީ ފިނޭންސާ ހެދި!