30 ޖެނުއަރީ 2022
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާޓްނާޝިޕް އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. ދިރާގުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.
އެމްއައިޓީޑީސީން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ފަށާ މި ރެލީ ތިން ހަފުތާ އަށް ކުރިއަށް ގެންދާއިރު، ހއ. އިން ފެށިގެން ބ. އަތޮޅާ ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކަށާއި ހަތަރު ފަޅުރަށަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެ އެވެ.
ސަވާދީއްތަ ދަތުރުގައި ބާއްވަނީ ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ ، ހއ. ތަކަންދޫ، ހއ. އުތީމު، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދު އެވެ. އަދި ހަނިފަރު ބޭ އާއި ބިލެއްދޫ ތިލަ އަށް ދާނެ އެވެ.
މި ރެލީ އަށް ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރެލީ އިތުރަށް ފުރިހަމަ ކުރުމަށް އެމްއައިޓީޑީސީން ވަނީ ހާއްސަ ޓުއާ ގައިޑުން ވެސް ތަމްރީނު ކޮށްފަ އެވެ. އޭގެ ބޭނުމަކީ ޔޮޓް ރެލީގެ ބައިވެރިން ދާ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.
ޓޫރިޒަމް ދާއިރާގައި ދިރާގުގެ ދައުރު ފާހަގަކޮށްފި
ސަވާދީއްތަ ދަތުރަށް ޓުއަ ގައިޑުން ތަމްރީނުކުރަނީ
ބަރެސްދޫ ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކޮށްފި
ޓޫރިޒަމް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
ޔޮޓު ރެލީއަށް ހާއްސަ ޓުއާ ގައިޑުން ތަމްރީން ކުރަނީ
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޔޮޓު ރެލީއެއް
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި
އެމްއައިޓީޑީސީ: އަމާޒަކީ ޓޫރިސްޓު ވަސީލަތް ގާއިމްކުރުން