Roadha Mihaaru
ކްރައިސްޗާޗުގައި ދިން ހަމަލާ ތަހުގީގު ކުރަން އަންގައިފި

ކްރައިސްޗާޗުގައި ދިން ހަމަލާ ތަހުގީގު ކުރަން އާޑާން އަންގަވައިފި

25 މާޗް 2019

ވެލިންޓަން (މާޗް 25) - ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މި މަހު 15 ވަނަ ދުވަހު ހަމަލާދީ 50 މީހުން މަރާލި ހާދިސާ ތަހުގީގު ކުރުމަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވެލިންޓަން (މާޗް 25) - ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މި މަހު 15 ވަނަ ދުވަހު ހަމަލާދީ 50 މީހުން މަރާލި ހާދިސާ ތަހުގީގު ކުރުމަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން އަންގަވައިފި އެވެ.

އެކަމަނާ މިހާރު ވަނީ ރޯޔަލް ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެފަދަ ހަމަލާއަކުން ސަލާމަތްވުމަށް ފުލުހުންގެ އިންޓަލިޖެންސަށް ކުރެވޭނީ ކޮން ކަމެއްތޯ ވެސް ކޮމިޝަނުން ބަލާނެ އެވެ.

ރޯޔަލް ކޮމިޝަނަކީ ނިއު ޒީލެންޑުގެ ގާނޫނުތަކުގެ ދަށުން އުފެއްދޭނެ ވަކި ފަރާތަކަށް ނުޖެހޭ އެންމެ މަތީ ފެންވަރުގެ ކޮމިޝަނެވެ. އާޑާން ވިދާޅުވީ ފުރިހަމަ ރިޕޯޓެއް ކޮމިޝަނުން ތައްޔާރު ކުރާނެ ކަމަށެވެ.

"ޓެރަރިޒަމްގެ މި އަމަލު ހިންގި ސަބަބު ދެނެގަތުމަށް ނުފޮރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނަން. އަދި އެފަދަ ކަންތައް ހުއްޓުވޭނީ ކިހިނެއްތޯ ވެސް ބަލާނެ،" ވެލިންޓަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސެމީ އޮޓޮމެޓިކް ހަތިޔާރު ލިބުނު ގޮތާއި އެފަދަ ހަމަލާއެއް ދިން އިރު ސޯޝަލް މީޑިއާގެ ރޯލަކީ ކޮބައިތޯ ވެސް ބަލާނެ ކަމަށެވެ.

ކްރައިސްޗާޗް ހަމަލާ އަށް ފަހު ނިއު ޒީލެންޑުގައި ވަނީ ސެމީ އޮޓޮމެޓިކް ހަތިޔާރު މަނާކޮށްފަ އެވެ.