Roadha Mihaaru
ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް 7 މިލިއަން

މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް 7 މިލިއަން ޑޮލަރު

24 މާޗް 2019

ކްރައިސްޗާޗް (މާޗް 24) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާގައި މަރުވި 50 މީހުންގެ އާއިލާތަކަށް އެހީވުމަށް މިހާތަނަށް 10.8 މިލިއަން ނިއު ޒީލެންޑް ޑޮލަރު (7.5 މިލިއަން ޔޫއެސް ޑޮލަރު) އެކި ފަރާތްތަކުން ހަދިޔާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކްރައިސްޗާޗް (މާޗް 24) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާގައި މަރުވި 50 މީހުންގެ އާއިލާތަކަށް އެހީވުމަށް މިހާތަނަށް 10.8 މިލިއަން ނިއު ޒީލެންޑް ޑޮލަރު (7.5 މިލިއަން ޔޫއެސް ޑޮލަރު) އެކި ފަރާތްތަކުން ހަދިޔާކޮށްފި އެވެ.

ފައިސާ އެއްކުރަމުން ދަނީ ފަންޑް-ރެއިޒިން ވެބްސައިޓްތައް މެދުވެރިކޮށެވެ. މި މަހު 15 ވަނަ ދުވަހު ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތުގައި ދިން ހަމަލާގައި 50 މީހުން މަރުވި ހާދިސާ އަށް ފަހު ކްރައިސްޗާޗުގެ މުސްލިމުންނަށް އެތައް ބައެއްގެ ލޯތްބާއި ހަމްދަރުދީ ދަނީ ފާޅު ކުރަމުންނެވެ.

ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެފައި ވަނީ މަރުވި 50 މީހުންގެ ޖަނާޒާގެ ހުރިހާ ކަމެއް ހަމަޖައްސާނީ ސަރުކާރުގެ ޚަރަދުގައި ކަމަށެވެ. އަދި މަރުވި ބިދޭސީންގެ އާއިލާތަކުގެ މީހުން އެ މީހުންގެ ގައުމަށް ދާން ބޭނުންވާ ނަމަ އެކަމުގެ ޚަރަދުތައް ވެސް ސަރުކާރުން ހަމަޖައްސާނެ ކަމަށް އާޑާން ވިދާޅުވި އެވެ.

ކްރައިސްޗާޗް ހަމަލާ އަށް ފަހު މުސްލިމުންނާ މެދު އާޑާން އަމަލު ކުރައްވަމުން ގެންދަވާ ގޮތުން އެކަމަނާ އަށް ވަނީ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފަ އެވެ.