23 މާޗް 2019
ވެލީގައި ކުޅެ އެތައް އަނިޔާއެއް ލިބުނު ނަމަވެސް ބ. އޭދަފުށީގެ ފުޓްބޯޅަ އަށް ލޯބިކުރާ ކުދިންނަށް އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. އަނިޔާއަކަށް ފަރުވާލެއްނެތި، ކުރިއަށް ދިއުމެވެ. އެ ވިސްނުމުގައި ގޮސް ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވެސް އެ ރަށުގައި އެބަތިއްބެވެ. ދިވެހި ފުޓްބޯޅައިގެ ތާރީހުގައި މުހިއްމު ސޮފުހާތަކެއްގައި ހިއްސާ އޮތް އޭދަފުށްޓައް ނިސްބަތްވާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސެއިން އެންމެ ދެކެން ބޭނުންވި އެއް ދުވަސް ބައްދަލުވީ މީގެ ހަފްތާއެއް ކުރިންނެވެ. އޭދަފުށީގައި މަތީ ފެންވަރުގެ ޓާފް ދަނޑެއް އެޅުމާ އެކު އެ ރަށުގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް ވާހިދުގެ ބޮޑު ހުވަފެނެއް ވެސް ހަގީގަތަކަށްވީ އެވެ.
ވެލީގައި ކުޅެ އެތައް އަނިޔާއެއް ލިބުނު ނަމަވެސް ބ. އޭދަފުށީގެ ފުޓްބޯޅަ އަށް ލޯބިކުރާ ކުދިންނަށް އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. އަނިޔާއަކަށް ފަރުވާލެއްނެތި، ކުރިއަށް ދިއުމެވެ. އެ ވިސްނުމުގައި ގޮސް ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވެސް އެ ރަށުގައި އެބަތިއްބެވެ. ދިވެހި ފުޓްބޯޅައިގެ ތާރީހުގައި މުހިއްމު ސޮފުހާތަކެއްގައި ހިއްސާ އޮތް އޭދަފުށްޓައް ނިސްބަތްވާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސެއިން އެންމެ ދެކެން ބޭނުންވި އެއް ދުވަސް ބައްދަލުވީ މީގެ ހަފްތާއެއް ކުރިންނެވެ. އޭދަފުށީގައި މަތީ ފެންވަރުގެ ޓާފް ދަނޑެއް އެޅުމާ އެކު އެ ރަށުގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް ވާހިދުގެ ބޮޑު ހުވަފެނެއް ވެސް ހަގީގަތަކަށްވީ އެވެ.
"ކުރިއްސުރެން ކުރަމުން އައި ޝަކުވާ އަކީ މި ތަނުގައި ހުނަރުވެރި ކުޅުންތެރިން އެބަތިއްބޭ. އެކަމަކު އަޅުގަނޑުމެންނަށް ވަސީލަތްތަކެއް ނެތޭ. އެކަމަކު މާތް ﷲ އިރާދަކުރެއްވީތީ މިއަދުން ފެށިގެން އަޅުގަނޑުމެންނަށް މި އޮތީ ރަނގަޅު ފެންވަރުގެ ކުޅިވަރުގެ ވަސީލަތް ލިބިފައި،" މިދިޔަ ހޮނިހިރު ދުވަހު އޭދަފުށީ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވާހިދު "މިހާރަ"ށް ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި އޭދަފުށީގެ ނަން ޒަމާނުއްސުރެއް އޮވެ އެވެ. އެ ރަށަށް ނިސްބަތްވާ ޓީމެއް ވަނީ 1980 ގެ އަހަރުތަކުގައި ފުރަަތަމަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ. އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ވާހިދު ހާއްސަވަނީ އެންމެ ސަބަބަކާ ހުރެ އެވެ. އެއީ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު މާލޭން ބޭރު ކުޅުންތެރިޔާ އަށް ވުމުންނެވެ.
2016 ވަނަ އަހަރުގެ ވެޓްރަންސް ފުޓްބޯޅަ މުބާރާތް ފެށުމުގެ މުނާސަބަތުގައި ކުޅުނު ލެޖެންޑުންގެ މެޗުގެ ތެރެއިން ވާހިދު (ކ). -- ފޮޓޯ: ނިޝާން އަލީ/މިހާރު
އިނގިރޭސި ރާނީ އެލިޒަބަތުގެ ޝަރަފުގައި 1972 ގައި އިނގިރޭސި މަނަވަރު ޓީމާ ދެކޮޅަށް ކުޅެން މުޅި ރާއްޖޭން ނެގި ޓީމުގައި އޭދަފުށީ ކުޅުންތެރިއަކު ހިމެނުނު ނަމަވެސް، ރަސްމީކޮށް ގައުމީ ޓީމެއް އެކުލަވާލެވި އެ ޓީމުގައި ހިމެނުނު އޭދަފުށީގެ ފުރަތަމަ ކުޅުންތެރިއަކީ ވާހިދެވެ. ވާހިދު ގައުމީ ޖޯޒީގައި އެންމެ ފުރަތަމަ ފެނުނީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ، އެ ފަހަރު ރާއްޖޭން އެންމެ ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދިއިރު ފަހަތުގައި ވާހިދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަމިއްލަ ރަށުގައި ފުޓްބޯޅަ ކުރިއަރުވަން ވާހިދު އާއި އޭދަފުށީގެ އަނެއް މަޝްހޫރު ކުޅުންތެރިޔާ އަބްދުލްމަޖީދު ދިޔައީ އެކި ގޮތްގޮތަށް މަސައްކަތްކުރަމުންނެވެ. ރަނގަޅު ވަސީލަތެއްގެ އުއްމީދުގައި ހުރެ، ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހި ރަނގަޅު ފެންވަރުގެ ދަނޑެއް ލިބުނީ އޭދަފުށްޓައް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު)ގެ ވައުދަކާ އެކު އެވެ. ނަޒީރުވި ވައުދު ފުއްދައިދިނީ އެންމެ ފުރިހަމަ ކޮށެވެ. ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އެއޮތީ އޭދަފުށީގަ އެވެ. ފީފާ ފެންވަރުގެ ދަނޑެކެވެ.
މިދިޔަ އަހަރު ކްލަބް އޭދަފުށި ވުޖޫދުކޮށް އަލުން ކުޅިވަރުގައި އޭދަފުށީގެ ނަން އަބަދުވެސް އެންމެ މަތީގައި ބޭއްވުމުގެ މަގުސަދުގައި މުހިއްމު މަސައްކަތްތަކެއް ފެށުނެވެ. އެ ގޮތުން ދާދި ފަހުން ނިމިދިޔަ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވެސް އޭދަފުށީގެ 21 އަހަރުން ދަށުގެ ޓީމު ކުޅުނެވެ.
ވާހިދު ބުނީ އޭދަފުށީގެ ފުޓްބޯޅަ އެހެން ލެވެލަކަށްދާނެ ކަމާ މެދު ޝައްކެއް ވެސް ނުކުރާ ކަމަށާއި މީގެ އެއް އަހަރު ނޫނީ ދޮޅު އަހަރު ފަހުން އޭދަފުށީގެ ފުޓްބޯޅަ އުޅޭނީ ހަމަ ތަފާތު ލެވެލެއްގައި ކަމަށެވެ. އަދި އޭގެ އެންމެ މުހިއްމު ރޯލެއް އަދާކުރާނީ އަަލަށް އެޅި ޓާފް ދަނޑު ކަމަށް ބުންޏެވެ.
"މި ދަނޑަކީ ހުރިހާ ކަމަކަށް ބަލާއިރު ވަރަށް މުހިއްމު ވާނެ އެއްޗެއް. ކްލަބް އޭދަފުށީގެ އެންމެ ބޮޑު މަގުސަދަކީ އޭދަފުށީގެ ފުޓްބޯޅަ ޑިވެލޮޕްކުރުން. އަޅުގަނޑުމެން ބައިވެރިވީ އެންމެ މަތީ ފަންތީގައި އޭދަފުށި އަބަދުވެސް ތަމްސީލްވުން. ދެން އަނެއް ކަމަކީ އޭދަފުށީގެ ފުޓްބޯޅަ އަދިވެސް އުވިގެން ނުދާކަން ސާބިތުކުރުން. ކުރިއަށް އޮތް ތަނުގައި ތަފާތު ފުޓްބޯޅައެއް މި ރަށުން ފެނިގެންދާނެ،" ވާހިދު ބުންޏެވެ.
ފުޓްބޯޅަ މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ އަތޮޅު ފުޓްބޯޅައިގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފަ އެވެ. އޭގެ އެއް އޮފީސް ގާއިމްކުރީ އޭދަފުށީގަ އެވެ. ވާހިދަކީ އެ ޕްރޮފްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްރިވާ ފަރާތެކެވެ.
ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވާހިދު (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވާހިދު ބުނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް އޭދަފުށީގައި ކޭމްޕްކުރާނެ ކަމަށާއި އޭގެ ސަބަބުން ވެސް އެ ރަށަށް އޮތް ފުރުސަތުތައް އިތުރު ވެގެންދާނެ ކަމުގައި ދެކޭ ކަމަށެވެ.
"މިކަން މިހެން ކުރުމުގެ ސަަބަބުން މި ރަށުގެ ފުޓްބޯޅަ އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. އެއީ އަޅުގަނޑުމެން އެލީޓް ލެވެލްގައި ވެސް ސީނިއާ ލެވެލްގައި ވެސް ބައިވަރު މެޗުތައް ކުޅެން ލިބޭނެ. އެ މޮޅެތި ކުޅުންތެރިންނާ ކުޅުން އެއީ އޭދަފުއްޓަށް ލިބޭ އިތުރު ތަޖުރިބާއެއް ހުނަރެއް. އަނެއްކާ ފުޓްބޯޅަ ކުރިއަށްދިއުމަށް ލިބޭނެ ފުރުސަތެއް،" އޭނާ ބުންޏެވެ.
ފުޓްބޯޅައިގައި ރާއްޖޭން ހޯދި ހުރިހާ ކާމިޔާބެއްގައި ކަހަލަ ގޮތަކަށް އޭދަފުށީގެ ހިއްސާ އެބައޮތެވެ. އެ ގޮތުން ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ރާއްޖޭން ގެނައި ޓީމުގައި ވެސް އޭދަފުށްޓައް ނިސްބަތްވާ ކުޅުންތެރިން މުހިއްމު ރޯލެއް ކުޅުނެވެ. ވާހިދުގެ އަމާޒަކީ ދިވެހި ފުޓްބޯޅައިގައި އޭދަފުށީގެ ނަން ފަޑުވިޔަ ނުދިނުމެވެ. އަބަދުވެސް އޭދަފުށްޓައް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނުގަޔާއި ގައުމީ ޓީމުގައި ކުޅުމެވެ.
ފުރަތަމަ ޑިވިޝަނުން 1992 ވަނަ އަހަރު އޭދަފުށި ރެލިގޭޓްވި ފަހުން އެ މަގާމަށް އަލުން ދިއުމަށް އެ ރަށުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށްގެން އެފްއޭއެމުން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި 2016 ވަނަ އަހަރު ހޯދި އެވެ. އަލުން ފުރަތަމަ ޑިވިޝަނާ ހަމައަށް ދިއުމަކީ އޭދަފުށީގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އޭގެ އަށް އެންމެ ބޮޑު ހިތްވަރަކަށް ވެގެންދާނީ އަލަށް އެޅި ދަނޑު ކަމަށް އެ ރަށުގެ ފުޓްބޯޅައިގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ނުރައްކާތެރި ފައުލުކުރި ކީޕަރު އެއް އަހަރަށް ސަސްޕެންޑް
މާފުއްޓާ ޖެހުމުން އޭދަފުށި ދިޔައީ ސުމަކުން
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
އޭދަފުއްޓާ ޖެހުމުން މާލެއަށް ވެސް ކަމެއް ނުވި
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު
އޭދަފުށީގެ ދިއްލި، އެންމެ މެޗަކުން ތަރިއަކަށް
އައްޔަގެ ހެޓްރިކުން އޭދަފުއްޓަށް ފަސް ލަނޑުގެ މޮޅެއް
އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަން ފަށައިފި
އޭދަފުށީގައި އެޅި މަތީ ފެންވަރުގެ ދަނޑު ހުޅުވައިފި
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް