Roadha Mihaaru
ނުރައްކާތެރި ފައުލުކުރި ކީޕަރު އެއް އަހަރަށް ސަސްޕެންޑް

ނުރައްކާތެރި ފައުލުކުރި ކީޕަރު އަޖުފާން އެއް އަހަރަށް ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރ 2024

ގޯލްޑް ކަޕުގައި ކ. މާފުއްޓާ ދެކޮޅަށް ބ. އޭދަފުށި ކުޅުނު މެޗުގައި، ނުރައްކާތެރި ފައުލެއް ކުރި އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖްފާން އަމްޖަދު އެއް އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގޯލްޑް ކަޕުގައި ކ. މާފުއްޓާ ދެކޮޅަށް ބ. އޭދަފުށި ކުޅުނު މެޗުގައި، ނުރައްކާތެރި ފައުލެއް ކުރި އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖްފާން އަމްޖަދު އެއް އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

ނައިންޓީ ޕްލަސްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ނިންމުމަށް ފަހު، އޭދަފުށީގެ ޓީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަޖްފާންކޮށްފައިވާ ފައުލަކީ "ވައިލަންޓް ކޮންޑަންޓް" އަށް ފެތޭ ފައުލެއް ކަމަށެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ނައިންޓީ ޕްލަސްއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި އެއް އަހަރުވަންދެން ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމިކަން ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ ފައުލުގެ އަދަދެއްބެ ގޮތުން، އަޖްފާން 5،000ރ. ޖޫރިމަނާކުރުމަށް ވެސް ނިންމާފައިވާކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެ މެޗުގައި މާފުށީގެ ސަޕޯޓަރުން ދަނޑަށް އެރުމުން، އެ ޓީމު 3،000ރ. ޖޫރިމަނާކުރުމަށް ވެސް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ ޖޫރިމަނާ ފައިސާ، އެންމެ ލަސްވެގެން މާފުށިން ދެން ކުޅެން ޖެހޭ މެޗު ފެށުމުގެ ކުރިން ދައްކާ ހަލާސް ކުރުމަށް ވެސް އެ ޓީމަށް އަންގާފައިވެ އެވެ.

މި ދެ މައްސަލައަކީ ގޯލްޑް ކަޕްގައި ޑިސިޕްލިނަރީ ކޮމިޓީން ބަލައި ފިޔަވަޅު އެޅި ފުރަތަމަ ދެ މައްސަލަ އެވެ.