27 ނޮވެމްބަރ 2024
ތުޅާދޫގެ ހާފުގެ މެދެއްހާ ހިސާބުގައި އެނބުރި އެނބުރި އޮތް ބޯޅަ އުންޑައެއްގެ ބާރު މިނުގައި އޭނާ ގޯލުގެ ތެރެއަށް ފޮނުވާލި އެވެ. މި ބާރު ހަމަލާ ފޮނުވާލި ކުޅުންތެރިޔަކީ އަލީ ނަސީމް (ދިއްލި) އެވެ. ގަލޮޅު ދަނޑުގައި އޭނާ ފުރަތަމަ މެޗެއް ކުޅުނީ 2019 ގެ ޔޫތު ޗެމްޕިއަންޝިޕުގަ އެވެ. އެކާވިސް އަހަރުން ދަށަށް ހާއްސަ ކުރި އެ މުބާރާތުގައި ކްލަބް އޭދަފުށި ޓީމުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަކީ ގަލޮޅު ދަނޑުގައި އޭނާ ކުޅުނު އަލަތު މެޗެވެ.
ތުޅާދޫގެ ހާފުގެ މެދެއްހާ ހިސާބުގައި އެނބުރި އެނބުރި އޮތް ބޯޅަ އުންޑައެއްގެ ބާރު މިނުގައި އޭނާ ގޯލުގެ ތެރެއަށް ފޮނުވާލި އެވެ. މި ބާރު ހަމަލާ ފޮނުވާލި ކުޅުންތެރިޔަކީ އަލީ ނަސީމް (ދިއްލި) އެވެ. ގަލޮޅު ދަނޑުގައި އޭނާ ފުރަތަމަ މެޗެއް ކުޅުނީ 2019 ގެ ޔޫތު ޗެމްޕިއަންޝިޕުގަ އެވެ. އެކާވިސް އަހަރުން ދަށަށް ހާއްސަ ކުރި އެ މުބާރާތުގައި ކްލަބް އޭދަފުށި ޓީމުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަކީ ގަލޮޅު ދަނޑުގައި އޭނާ ކުޅުނު އަލަތު މެޗެވެ.
މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގެ ގުރޫޕް ބީ ގައި އޭދަފުށީގެ ފުރަތަމަ މެޗަކީ ފަސް އަހަރަށް ފަހު ގަލޮޅު ދަނޑުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ އެ ލަނޑަކީ ގަލޮޅު ދަނޑުން ވެސް މަދުން ނޫނީ ނުފެންނަވަރުގެ މޮޅު ލަނޑެއް ކަމަށް އޭދަފުށީ ޓީމުގެ ކޯޗު އާފިއު މުހައްމަދު ހަމީދު (އާފީ) ބުންޏެވެ.
އެކަމަކު އެ ސްޓައިލްގެ ލަނޑަކީ އައްޔަ އަށް ހަމަ އާއްމު ލަނޑެކެވެ.
"ހަމަހަމަ ރަށުގައި ވެސް ދުރުން ގޯލައަށް ބޯޅަ ޖަހަޖަހައި ފަރިތަވެފަ ހުރީމަ އައި ލަނޑެއް،" އައްޔަ ބުންޏެވެ.
"އެއީ ކުޅެން ގޮސްވެސް މީހުން ހަމަވަންދެން ދުރުން ގޯލަށް ބޯޅަ ޖަހަން ތިބެނީ. އެގޮތަށް ޖަހަޖަހާ ފަރިތަވެފަ ހުރީމަ މެޗުގައި ވެސް އެ ލަނޑު އެ ފެނުނީ."
އާފީ ވެސް ބުނީ، އެ ސްޓައިލްގެ ލަނޑަކީ އައްޔަ އާންމުކޮށް ޖަހާ ސްޓައިލެއް ކަމަށެވެ.
ގޯލްޑް ކަޕްގައި އޭދަފުށީގެ ފުރަތަމަ މެޗުގައި އައްޔަ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ރަށުގެ މުބާރާތްތަކުގައި ވެސް އޭނާ ހުންނާނެ ހަމަ އެ ޕޮޒިޝަނުން އެކަހަލަ ލަނޑުތައް ޖަހާފައި،" ކުރިން ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ އަށް ކުޅުނު މިޑްފީލްޑަރު އާފީ ބުންޏެވެ.
"މިފަހުން ގަލޮޅު ދަނޑުގައި އަހަރެން ނުދެކެން އެވަރުގެ ލަނޑެއް. އެ ޕާވާގައި ބޯޅަ ވެސް މޫވްކުރަނިކޮށް އެ ކަހަލަ ލޯންގް ރޭންޖެ ގޯލްތަކަކީ ގަލޮޅު ދަނޑުން އާންމުކޮށް ފެންނަ ކަހަލަ ގޯލުތަކެއް ނޫން."
އުމުރުން 24 އަހަރުގެ އައްޔަ އަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުމުގެ ދައުވަތު މީގެ ކުރިން ލިބުނެވެ. ރާއްޖޭގެ ޔޫތު ފުޓްބޯޅައިގެ ކޯޗަކު، ކުރިން ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅުނު އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) ގެ ކިބައިން އެދުނީ ގައުމީ ޓީމަށް އަރާވަރުގެ ކުޅުންތެރިންތަކެއް އޭދަފުށިން އަނެއްކާ ވެސް ހޯދުމަށެވެ. އެ ރިކުއެސްޓަށް ފާއްޓޭ ނެގި ކުޅުންތެރިންގެ ތެރޭގައި އައްޔަ ހިމެނުނެވެ. ދެން ހިމެނުނީ އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މިހާރު މާޒިޔާގެ ޑިފެންޑަރު ހައިޝަމް (ބިޑި) އެވެ.
އެކަމަކު މާލޭގައި ދިރިއުޅެން ދަތިވުމުން، އައްޔަ އެނބުރި ރަށަށް ދިޔައީ އެވެ. އެހެންވިޔަސް އޭނާގެ ހުނަރަށް މަޑުޖެހުމެއް ނަ އެވެ. ފަހުން ޓީސީން ވެސް އޭނާ އަށް ދައުވަތު ދިނެވެ.
"ޓީސީން ބުނި ޓްރައަލްއަކަށް ނަމަވެސް އައިސް ދޭށޭ. އެކަމަކު މާލޭގައި ދާއިމީކޮށް ދިރިއުޅެން އެހާ ފަސޭހައެއް ނޫން،" އޭދަފުށީ ފެނަކަ ބްރާންޗުގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ އައްޔަ ބުންޏެވެ.
ހަމައެކަނި މާލެ އަށް އެކަނި ބަރޯސާ ވެފައިވާ ދިވެހި ލީގުގައި ކުޅެން އަންނަން ބޭނުންނުވި މަގުބޫލު އެހެން ސަބަބެއް ވެސް އައްޔަ އަތުގައި އެބައޮތެވެ.
އެއީ ގިނަ ކްލަބްތަކަކަށް ގަވާއިދުން މުސާރަ ނުދެވުމުގެ މައްސަލަ އެވެ. ކޮންމެ މަހެއްގައި ލިބޭ މުސާރައިން އެ މަހެއްގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސާ ގައުމެއްގައި ކުޅުންތެރިންނަށް ވެސް ދިރިއުޅެވޭނީ ގަވާއިދުން މަހުން މަހަށް މުސާރަ ލިބިގެންނެވެ. އެކަމަކު މާޒިޔާ ފިޔަވައި އޮފް ސީޒަނުގައި ވެސް ގަވާއިދުން މުސާރަ ދޭ، އެހެން ކްލަބެއް ނެތެވެ.
އޭދަފުށީގައި ބޭއްވި މުބާރާތަކށް ފަހު އައްޔަ (ކ) އޭނާގެ މަންމަ އާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން
އައްޔަ ބުނީ، އުމުރުން ހަގު ކުޅުންތެރިންގެ ތެރޭގައި ވެސް ވަރަށް ހުނަރުވެރި ކުޅުންތެރިން އޭދަފުށީގައި އެބަތިބި ކަމަށެވެ. އެކަމަކު، މާލޭގައި ދިރިއުޅެން ދަތިވުމާއި ކްލަބްތަކުން މުސާރަ ނުދޭތީ، މާލެ އަށް ކުޅެން އަންނަން އެ ކުޅުންތެރިން ވެސް އެހާ ޝައުގުވެރި ކަމެއް ނެތެވެ.
"ވަރަށް މޮޅު ކުޅުންތެރިން އެބަތިބި މި ރަށުގައި. އެކަމަކު މާލޭގައި ކަންކަން ހުރި ގޮތުން ދާކަށް ބޭނުމެއް ނުވޭ،" އައްޔަ ބުންޏެވެ.
އަންނަ އަހަރު ފަށަން މަސައްކަތް ކުރާ އާ ސީޒަނުގައި ވާދަކުރާ އޮޑި ސްޕޯޓްސްއިން ވަނީ އައްޔަގެ ޓްރާންސްފާ ގާތްގަނޑަކަށް ނިންމައިފަ އެވެ.
ގޯލްޑް ކަޕްގައި އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި މިއަދު ހަވީރު، އެދަފުށިން ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.
ނުރައްކާތެރި ފައުލުކުރި ކީޕަރު އެއް އަހަރަށް ސަސްޕެންޑް
މާފުއްޓާ ޖެހުމުން އޭދަފުށި ދިޔައީ ސުމަކުން
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
އޭދަފުއްޓާ ޖެހުމުން މާލެއަށް ވެސް ކަމެއް ނުވި
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު
އައްޔަގެ ހެޓްރިކުން އޭދަފުއްޓަށް ފަސް ލަނޑުގެ މޮޅެއް
އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަން ފަށައިފި
ވެލި ދަނޑުން ޓާފަށް: ހުވަފެން ހަގީގަތަކަށް
އޭދަފުށީގައި އެޅި މަތީ ފެންވަރުގެ ދަނޑު ހުޅުވައިފި
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް