ގއ. ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ސްކޫލް އިއްޔެ ބަންދުކޮށްފި އެވެ.
20 މާޗް 2019
ގއ. ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ސްކޫލް އިއްޔެ ބަންދުކޮށްފި އެވެ.
އެ ރަށުގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒު ދެ ދުވަހަށް ބަންދުކުރީ ހުން ފެތުރި ސްކޫލަށް ނުދާ ކުދިންގެ އަދަދު ގިނަވުމުންނެވެ.
ސްކޫލުން ބުނިގޮތުގައި ހުން ޖެހިގެން އާދިއްތަ ދުވަހު 180 ކުދިން ސްކޫލަށް ނުދާ އިރު، ހޯމަ ދުވަހު 200 އަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުދެ އެވެ. އެ ސްކޫލުގައި ކިޔަވަނީ ގާތްގަނޑަކަށް 500 ދަރިވަރުންނެވެ.
ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ޑައިރެކްޓަރު ޝަންވީލް މުހައްމަދު ވިދާޅުވީ އެ ރަށުގައި ފެތުރެނީ ޗިކަންގުންޏާ ކަމަށް ބެލެވޭ ކަމަށެވެ. ހުން ޖެހިގެން އިއްޔެ އެކަނި ވެސް 29 މީހަކު ޑޮކްޓަރަށް ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރެއިން ހަ މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ.
"މިހާރު ދެން ވަރަށް ބޮޑަށް ހުން ކޮންޓްރޯލް ކުރެވިފައި ވަނީ،" ޝަންވީލް ވިދާޅުވި އެވެ.
ހުމާ ގުޅިގެން ހޭލުންތެރިކަމުގެ ހަރަކާތްތަކެއް އެ ރަށު ކައުންސިލާއި ހޮސްޕިޓަލާއި ތައުލީމީ މަރުކަޒާއި ފުލުހުން އަންނަނީ ކުރިއަށް ގެންދަމުން ނެވެ.
ޝަންވީލް ވިދާޅުވި ގޮތުގައި ހުން ފެތުރެނީ މަދިރީގެ ޒަރިއްޔާ އިން ކަމަށް ވާތީ، މަދިރި ކޮންޓްރޯލްކުރަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ޗިކަންގުންޔާ އަކީ ބަލިވުމުން ގައިގަ އާއި ހުޅުހުޅުގައި ރިއްސާ ބައްޔެކެވެ. އެ ބަލި މާލެ ސަރަހައްދުން ފެންނަ ކަމަށް އެޗްޕީއޭ އިން މިދިޔަ މަހު ބުންޏެވެ. މި ބަލި ރާއްޖެއިން އަލުން ފެންނަން މި ފެށީ ތިން އަހަރުގެ މުއްދަތަކަށް ފަހެވެ.
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
ދާންދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މާލެ ގެނެސްފި
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ޑްރަގާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑްކޮށްފި
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން
ހަމަލާތަކުން ސްކޫލު މާހައުލަށް ނުރައްކަލެއްނެތް: ޕޮލިސް
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް