Roadha Mihaaru
ސުޝްމާ، ރައީސާ ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރައީސާ ބައްދަލުކުރައްވައިފި

18 މާޗް 2019

އިއްޔެ ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިއްޔެ ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބަކަށް ކަމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށް ފަހު ސުޝްމާ ވަނީ މިއަދު މެންދުރު ފުރާވަޑައިގެންފަ އެވެ.

ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ސުޝްމާ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވަނީ ޝާހިދާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ މަޝްވަރާތަކުގެ އިތުރުން ރާއްޖޭގެ މިނިސްޓަރުންނާ އެކު ވެސް އިންޑިއާގެ ވަފުދުން ބައްދަލުކުރި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ރައީސް އޮފީހުގައި.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ރައީސް އޮފީހުގައި.---ފޮޓޯ: ރައީސް އޮފީސް

ސުޝްމާގެ ދަތުރުގައި، ދެ ގައުމުން ކުރި މަޝްވަރާތަކަށް ފަހު، އެ ގައުމުން ރާއްޖެ އަށް ބައެއް ކަންތައްތަތައް ކޮށްދޭން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން، ރާއްްޖެ އަށް އެ ގައުމުން އެތެރެކުރާ އަސާސީ ބައެއް ތަކެތީގެ ކޯޓާ އިތުރު ކޮށްދިނުމާއި ސިއްހީ ދާއިރާ ތަރައްގީ ކުރަން އެހީތެރިވުން ކުރިއަށް ގެންދަން އެއްބަސްވި އެވެ. އަދި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އެއްބަސްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެގައުމުން ވަނީ ބޮޑެތި އެހީތަކެއް ދޭން އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އެގައުމުން ވަނީ ނިންމައިފަ އެވެ. ސުޝްމާއާ އެކު ބޭއްވެވި ބައިލެޓްރަލް މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ވައުދުވި ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.