ވަރަށް އަވަހަށް އެސްއެމްއީ ޕޮލިސީއެއް އެކުލަވާލާނެ ކަމަށާއި އެ ޕޮލިސީގެ ތެރެއިން އެސްއެމްއީތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
18 މާޗް 2019
ވަރަށް އަވަހަށް އެސްއެމްއީ ޕޮލިސީއެއް އެކުލަވާލާނެ ކަމަށާއި އެ ޕޮލިސީގެ ތެރެއިން އެސްއެމްއީތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އަލަށް ފަށާ ވިޔަފާރިތަކަށް ސަރުކާރު ޕްރޮޖެކްޓްތަކުގައި ބައިވެރިވެވޭނެ ފުރުސަތު މިހާރު ނެތް ނަމަވެސް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެސްއެމްއީތަކަށް ލޯނު ދިނުމަށް ފަހު ނިންމާލާނީއެއް ނޫނެވެ. އެކުންފުނިތައް ހިންގަން ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ބިޒްނަސް ސެންޓަރުތަކުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހާއި ފައްޔާޒު އިސްމާއިލް ވަޑައިގަންނަވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު
"ރަނގަޅު ޕްރޮޖެކްޓްތަކާ އެކު ފަށާ ވިޔަފާރިތައް ފެއިލްވެދިޔަ ނުދިނުން. ފެއިލްވިޔަ ނުދީ އަމިއްލަ ޒާތުގައި ބޮޑުވެގެން ގޮސް އިންޑިޕެންޑެންޓް ވުން،" އެސްއެމްއީތަކާ މެދު ކުރަައްވާ އުއްމީދާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އާންމު ވިޔަފާރިތަކަށް ޓެކްސް ނިޒާމުގެ ތެރެއިން ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަން ފިނޭންސް މިނިސްޓްރީއާ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެކްސް ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް އަންނަ ހަފްތާގެ ތެރޭގައި ރައީސަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކަނީ
އަންހެނުންނަށް ހާއްސަ ލޯނުގެ ދެވަނަ ބުރު ފަށަނީ
ދަނޑުވެރިކަމަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ތިލަފުށި ތަރައްގީކުރާ ގޮތުގެ މާސްޓަޕްލޭނެއް
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
ގަން އެއާޕޯޓުގެ މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރަނީ
ޓްރާންޝިޕްމަންޓް ބަނދަރު ހެދުން ލަސްވެއްޖެ: ފައްޔާޒު
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖަށް
ފުލުހުން ލައްވައި ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ