26 ސެޕްޓެމްބަރ 2022
ރާއްޖޭގައި ޓްރާންޝިޕް ބަނދަރެއް ހެދުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް މި ސަރުކާރުން ހެދި ދިރާސާއަކުން ދައްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޓްރާންޝިޕް ބަނދަރެއް ހެދުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް މި ސަރުކާރުން ހެދި ދިރާސާއަކުން ދައްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ވެސް އެންމެ ބާރަށް އަދި އެންމެ ބޮޑަށް އުންމީދު ދެއްވި އެއް މަޝްރޫއެވެ. އެހެންވެ، ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވެ، މި ސަރުކާރުން ވެސް ގެންދަނީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދޭނެ ގޮތެއް ބަލަމުންނެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ޓްރާންޝިޕްމަންޓް ހަބެއް ރާއްޖޭގައި ހެދުން މިހާރު "މާ ބޮޑަށް ލަސްވެއްޖެ" ކަމަށެވެ.
"މީގެ 10 އަހަރު 15 އަހަރު ކުރިން އެކަން ކުރި ނަމަވެސް އަޅުގަނޑުމެންނަށް ޓޫރިޒަމް އިންޑަސްޓްރީއާ ހަމަ އެއްވަރުގެ ބޮޑު ސިނާއަތެއް ދިވެހިރާއްޖޭގައި ގާއިމު ކުރެވުނީސް. މިހާރު އެ ކަމަށް ތަންކޮޅެއް ގޮންޖެހުންތައް ހުރީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގައި ވެސް އެ މަސައްކަތްކޮށް، އަދި ރާއްޖެ އަށް ވުރެ ހަރަދު ކުޑަކޮށް އެ ކަންކަން ކުރެވޭނެ ގޮތްތަކެއް ހުރީމާ،" ފައްޔާޒު ވިދާޅުވި އެވެ.
އަޅުގަނޑުމެން ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ހިސާބަށް އިހަވަންދިއްޕޮޅުގެ ތަރައްގީގެ މި ދެންނެވި މަސައްކަތާއިގެން، ހާއްސަކޮށް އެމްޕީސްއާ އަޅުގަނޑު ބައްދަލުކުރާނަން. އިރާދަފުޅު ކުރެއްވިއްޔާ އެކަން އޮތީ ވަރަށް އުންމީދީ ގޮތެއްގައި،"--- ފައްޔާޒު
އެކަމަކު އޭނާ ވިދާޅުވީ، ޓްރާންޝިޕްމަންޓް ބަނދަރު ހެދުން މާ ބޮޑަށް ލަސްވިޔަސް އެ މަސައްކަތަށް އަދިވެސް ފުރުސަތު އެބައޮތްކަން ދިރާސާ އިން އެނގިފައިވާ ކަމަށެވެ.
"ލޮޖިސްޓިކްސް އާއި ބަންކަރިން އާއި އަދި އެއާ ވިދިގެން އިތުރު ސިނާއަތްތަކެއް އަޅުގަނޑުމެންނަށް އުފެއްދިދާނެކަން. އިންވެސްޓްމަންޓް ބޮޑު ކިތަންމެހާ ވެސް. އެހެން ނަމަވެސް އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން މި ދަނީ އެ މަސައްކަތް ވެސް ކުރެވޭނެ ގޮތްތަކެއް ރާވަމުން،" އިގްތިސާދާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުން، ޓްރާންޝިޕްމަންޓް ބަނދަރާއި ބަންކަރިން އަދި އިތުރު ޕްރޮޖެކްޓްތައް ހިންގަން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ހިސާބަށް އިހަވަންދިއްޕޮޅުގެ ތަރައްގީގެ މި ދެންނެވި މަސައްކަތާއިގެން، ހާއްސަކޮށް އެމްޕީސްއާ އަޅުގަނޑު ބައްދަލުކުރާނަން. އިރާދަފުޅު ކުރެއްވިއްޔާ އެކަން އޮތީ ވަރަށް އުންމީދީ ގޮތެއްގައި،" ފައްޔާޒު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ދިރާސާއާ ހަވާލާ ދެއްވައި ފައްޔާޒު ރޭ ވިދާޅުވީ އެއީ ފީޒަބަލް ކަމެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވައިލި އައިހެވަން ޕްރޮޖެކްޓްގެ ކުރެހުމެއް: އެ ތަނުގެ މާސްޓަޕްލޭނުގެ މަސައްކަތް ވެސް ޔާމީންގެ ސަރުކާރުން ކުރި.
ނަމަވެސް ޔާމީންގެ ސަރުކާރުގެ މުހިންމު މަޝްރޫއެއްގެ ގޮތަށް ކަނޑައަޅައިގެން އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ނިންމައި އިންވެސްޓަރަކު ހޯދަން ވެސް އޭރު މަސައްކަތްކުރި އެވެ. އެ އަށް ބޭނުންވާ ކުރެހުންތައް ކުރަގައި ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި އެ "ވިއްކި" އެވެ.
ޔާމީންގެ އެންމެ ފަހުގެ ރިޔާސީ ބަޔާން ފެބްރުއަރީ 21، 2018 ގައި ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ވިދާޅުވީ، އިހަވަންދިއްޕޮޅު މަޝްރޫއުގެ ފީސިބިލިޓީ އާއި މާސްޓާ ޕްލޭން ނިމިފައިވާ ކަމަށެވެ. އެ ދިރާސާގެ ނަތީޖާއާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އެކަމަކު، އެ މަނިކުފާނުގެ ވެރިކަން ވެސް ނިމުނީ އެކަމުގައި ނަތީޖާއެއް ނުދެއްކި އެވެ.
ޓްރާންޝިޕްމަންޓް ބަނދަރު ކުރިއަކަށް ނުގެންދާނެ: ސައީދު
ޓްރާންޝިޕްމެންޓް ބަނދަރަކުން އަދިވެސް ފައިދާ ނެގޭނެ
އައިހެވަންގެ މާސްޓަ ޕްލޭން މިމަހު ނިމޭނެ
އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރު ބަޔަކަށް
އައިހަވަން މާސްޓަ ޕްލޭނަށް 10 ފަރާތެއް ކުރިމަތިލައިފި
އައިހެވަންގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ
ޖުލައިގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަނީ
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އިހަވަންދިއްޕޮޅު އިގްތިސާދު ބަދަލުކޮށްލާނެ: ފައްޔާޒް
ތިލަފުށި ތަރައްގީކުރާ ގޮތުގެ މާސްޓަޕްލޭނެއް