29 އޯގަސްޓް 2016
އަންކާރާ (އޮގަސްޓް 29) - ސީރިއާގެ ސަރަހައްދުގެ ތެރެއަށް ތުރުކީން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އަންކާރާ (އޮގަސްޓް 29) - ސީރިއާގެ ސަރަހައްދުގެ ތެރެއަށް ތުރުކީން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޖަރާބްލުސް ސިޓީ ހިމެނޭ އޭރިޔާ އަށް ދިން ހަމަލާތަކުގައި މުޅިން ވެސް މަރުވެފައި ވަނީ ކުރުދީ ހަނގުރާމަވެރިން ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުންޏެވެ. ނަމަވެސް މޮނިޓާރިން ޖަމާއަތަކުން ބުނީ ތުރުކީގެ ވައިގެ ހަމަލާތަކުގައި އާއްމުންގެ 35 މީހުން މަރުވެ ހަނގުރާމަވެރިންގެ ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ.
ތުރުކީން ވައިގެ ހަމަލާތައް ދީފައި މި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ތުރުކީން އަސްކަރީ އޮޕަރޭޝަނެއް ފެށިތާ ފަސް ދުވަސް ފަހުންނެވެ. ތުރުކީގެ ގިނަ އަދަދެއްގެ ޓޭންކް ވަނީ ސީރިއާގެ ސަރަހައްދަށް ވައްދައިފަ އެވެ. އޮޕަރޭޝަނުގެ ފުރަތަމަ ދުވަހު ވެސް ވަނީ އައިއެސްގެ ބާރުގެ ދަށުން ޖަރާބްލްސް ހިފައިފަ އެވެ.
ތުރުކީ- ސީރިއާ ސަރަހައްދީ ރޮނގު ކައިރީގައިވާ ތުރުކީގެ ޓޭންކެއްގައި ސިފައިން އިށީނދެލައިގެން. --ފޮޓޯ:އޭއެފްޕީ
ކައިވެނި ހަފުލާއަކަށް އައިއެސް އިން ޖާނުންފިދާވުމުގެ ހަމަލާދީ 54 މީހުން މަރާލި ގަޒިއަންޓެޕުގައި ވާހަކަ ދައްކަވަމުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުގެ ކަންތައް ނިމެންދެން އަސްކަރީ އޮޕަރޭޝަން ކުރިއަށް ދާނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ޖެބް އަލް ކުސާ އަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 20 މީހުން މަރުވެ އަދި އަލް އަމާރްނާހުން އިތުރު 15 މީހުން މަރުވެފައިވާ ކަމަށެވެ. ތުރުކީން ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި މަރުވެފައި ވަނީ ކުރުދީންގެ ޕީވައިޑީގެ 25 މެންބަރުން ކަމަށެވެ.
ސީރިއާ ހަނގުރާމައިގައި 312،000 މީހުން މަރުވެއްޖެ
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް
ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން: އެމެރިކާ
ހަލަބުގެ ތިންބައިކުޅަ އެއްބައި ސަރުކާރު ސިފައިން ދަށަށް
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ސީރިއާ އަށް ދޭ ހަމަލާ ހުއްޓުވުމަށް އދ. ނުކުޅެދިފައި
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ
އެމެރިކާގެ ހަމަލާތަކުގައި ސީރިއާއިން އެތައް ބަޔަކު މަރު