Roadha Mihaaru
ސިޓީ މޮޅުވިއިރު، އަގުއޭރޯ ސަސްޕެންޝަނަކާ ގާތަށް

ސިޓީ މޮޅުވިއިރު، އަގުއޭރޯ ސަސްޕެންޝަނަކާ ގާތަށް

29 އޯގަސްޓް 2016

މެންޗެސްޓާ (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

ރޭގެ މެޗުގައި އަގުއޭރޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެސްޓް ހޭމްގެ ޑިފެންޑަރު ވިންސްޓަން ރީޑް ގައިގައި އުޅަބޮށިން ޖެހި މަންޒަރު ވަނީ ޓީވީ ފޫޓޭޖަށް އަރައިފަ އެވެ. މި މައްސަލަ އިނގިރޭސި އެފްއޭ އިން ބަލާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެނަމަ އަގުއޭރޯ އަށް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އެ މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.

"އަހަންނެއް ނުދެކެން އަގުއޭރޯ ޖެހިތަނެއް. އެހެންވުމުން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ. އެކަމަކު އަގުއޭރޯ ނުލައި ކުޅެން ޖެހުނަސް އެއީ މާބޮޑު ކަންބޮޑުވުމެއް ނޫން. ސިޓީގައި ބޮޑު ސްކޮޑެއް އެބައޮތް،" ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ވެސްޓް ހޭމް ކޮޅަށް ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ގާޑިއޯލާގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން އެވެ. އަނެއް ލަނޑު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އުއްމީދީ މިޑްފީލްޑަރު މިކައިލް އެންޓޯނިއޯ އެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލާއިރު ލީގު އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް ޗެލްސީ އަދި ތިން ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.