Roadha Mihaaru
މަރުވިމީހާ ފައިގައި ހުރީ އާއިލާއިން ޖެހި ޗޭނު ނިޝާން

މަރުވި މީހާގެ ފައިގައި ހުރީ އާއިލާއިން ޖެހި ޗޭނުގެ ނިޝާން: މިނިސްޓްރީ

11 މާޗް 2019

ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓަމުން ދަނިކޮށް މަރުވި މީހާގެ ފައިގައި ހުރީ އޭނާގެ އާއިލާ އިން އެއްސި ޗޭނުގެ ނިޝާން ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓަމުން ދަނިކޮށް މަރުވި މީހާގެ ފައިގައި ހުރީ އޭނާގެ އާއިލާ އިން އެއްސި ޗޭނުގެ ނިޝާން ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

ދައުލަތުގެ ބެލުމުގައި ދަށުގައި ހުއްޓާ އަލީ ނިޔާޒު، 42، މިދިޔަ ހޮނިހިރު ދުވަހު މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ. ޑައުންސިންޑްރޮމް ހުންނަ ނިޔާޒު މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި އޭނާގެ ފޮޓޯތަކުން ގިނަ ބަޔަކު އަަޅައިގަތީ ފައިގައި ހުރި ނިޝާންތަކަށެވެ. އެގޮތުން ވާތު ފައިގެ ތަނބިކައްޓާ ދިމާލުގައި ލަކުނެއްގެ ނިޝާން ފެންނަން ހުއްޓެވެ.

"މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ އާއިލާ އިން ފައިގައި ޗޭނެއް އައްސާފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ވަނީ ފާޅުވެފައި. އަދި އޭނާއާ ގުޅޭ މައްސަލަ މި ދަނީ ކަމާބެހޭ ފަރާތްތަކާ އެކު ބަލަމުން،" ޖެންޑަ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނިގޮތުގައި އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން، އެ ފަރާތްތަކުގެ ލަފައާ އެކު އެވެ.