27 އޯގަސްޓް 2016
ކޭއެފްސީ އިން ސިފަކުރާ ގޮތުގައި އެ މީހުންގެ "ފްރައިޑް ޗިކަން" ގެ ރެސިޕީ އަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ވިޔަފާރީގެ ސިއްރެވެ. ކޭއެފްސީގެ ކުކުޅުގައި އެ ހުންނަ މީރު ރަހަ ގެނެސްދޭ ރެސިޕީ ލިޔެފައި ވަނީ އަތުން ކަމަށާއި އެ ލިޔުން ރައްކާކޮށްފައި އޮންނަނީ ވަރުގަދަ ތިޖޫރީއެއްގައި ދެ ފޫޓު ބޯ ކޮންކްރީޓްގެ ތެރޭގައި ކެމެރާ އާއި މޯޝަން ޑިޓެކްޓާ ހަރުކޮށް ސަލާމަތީ ގޮތުން ވަރުގަދަ ތަނެއްގައި ކަމަށް ވެސް ކޭއެފްސީން ބުނެ އެވެ.
ކޭއެފްސީ އިން ސިފަކުރާ ގޮތުގައި އެ މީހުންގެ "ފްރައިޑް ޗިކަން" ގެ ރެސިޕީ އަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ވިޔަފާރީގެ ސިއްރެވެ. ކޭއެފްސީގެ ކުކުޅުގައި އެ ހުންނަ މީރު ރަހަ ގެނެސްދޭ ރެސިޕީ ލިޔެފައި ވަނީ އަތުން ކަމަށާއި އެ ލިޔުން ރައްކާކޮށްފައި އޮންނަނީ ވަރުގަދަ ތިޖޫރީއެއްގައި ދެ ފޫޓު ބޯ ކޮންކްރީޓްގެ ތެރޭގައި ކެމެރާ އާއި މޯޝަން ޑިޓެކްޓާ ހަރުކޮށް ސަލާމަތީ ގޮތުން ވަރުގަދަ ތަނެއްގައި ކަމަށް ވެސް ކޭއެފްސީން ބުނެ އެވެ.
އެކަމަކު މިހާ ސިއްރުން ގެންގުޅޭ ރެސިޕީ، އޮޅުމެއްގެ ތެރެއިން ލީކުވެއްޖެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. ކޭއެފްސީގެ ބާނީ ކާނަލް ސެންޑާސްގެ ސިއްރު ރެސިޕީ ކަމަށް ބުނާ ލިޔުމެއް މިދިޔަ ހަފުތާގައި އާންމުވީ ޗިކާގޯ ޓްރިބިއުންގެ ނޫސްވެރިޔަކު އެ ނޫހުގެ ޓްރެވަލް ސެކްޝަނަށް ލިޔުމެއް ތައްޔާރު ކުރުމަށް، ސެންޑާސް އަށް ބޮޑުބޭބެ ކިޔާ މީހަކާ ބައްދަލުކޮށް އެއްކުރި ލިޔުންތަކަކާ އެކުގަ އެވެ.
ނޫސްވެރިޔާއާ ބައްދަލުކުރި މީހާ ވަނީ އެ އާއިލާ އިން ބޭނުންކޮށްފައިވާ ބައެއް ފޮތްތައް ނޫސްވެރިޔާއާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ސެންޑާސްގެ ދެ ވަނަ އަނބިމީހާ ގެންގުޅުނު ފޮތެއް ވެސް ހިމެނެ އެވެ. އެ ފޮތުގެ އެންމެ ފަހު ގަނޑުގައި ވަސިއްޔަތެއް ލިޔެފައި ވާއިރު 11 ބާވަތެއް އަޅައިގެން ހަދާ ކާނާއެއްގެ ރެސިޕީއެއް ވެސް ލިޔެފައިވާ ކަމަށް ނޫސްވެރިޔާ ބުނެފައިވެ އެވެ.
KFC's secret recipe revealed? Tribune shown family scrapbook with 11 herbs and spices https://t.co/k0ieLSbcPI pic.twitter.com/gg3NygwFqN
— Chicago Tribune (@chicagotribune) August 19, 2016
ޗިކާގޯ ޓްރިބިއުން އިން ކޭއެފްސީގެ ރެސިޕީ ކަމަށް ލަފާކޮށް އާންމުކުރި ލިޔުން ޓްވީޓްކޮށްފައި
މި ރެސިޕީގައި، ކެއުމުގައި ބޭނުންކުރާ ފަތްޕިލާވެއްޔާއި ހަވާދުގެ 11 ބާވަތެއް ހިމެނެ އެވެ. މި ރެސިޕީ ހިމެނޭ ފޮތް ދިން މީހާ ކުޑައިރު މި ތަކެތި އެއްޗެއްގައި އެއްކުރަން އާއިލާގެ މީހުން ހަވާލުކުރާ ކަމަށް، ނޫސްވެރިޔާ ބުނެފައިވެ އެވެ.
އާންމުވެގެން އުޅޭ ރެސިޕީ އަކީ މިއީ އެވެ؛
ދެ ޖޯޑު ގޮދަން ފުށަށް؛
- 2/3 ސައިސަމުސާ ލޮނު
- 1/2 ސައިސަމުސާ "ތައިމް" ފަތް
- 1/2 ސައިސަމުސާ ގަނދަކޯޅި ފަތް
- 1/3 ސައިސަމުސާ އޮރެގާނޯ
- 1 ސައިސަމުސާ ސެލެރީ ސޯލްޓް
- 1 ސައިސަމުސާ ބްލެކް ޕެޕާ
- 1 ސައިސަމުސާ ޑްރައިޑް މަސްޓަޑް
- 4 ސައިސަމުސާ މުގުރި މިރުސް
- 2 ސައިސަމުސާ ގާލިކް ސޯލްޓް
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
3 ސައިސަމުސާ ވައިޓް ޕެޕާ
އަޖުމަ ބަލައިލަން ރަނގަޅުވާނެ އެވެ. އެކަމަކު މިއީ ކޭއެފްސީގެ ސިއްރު ރެސިޕީ ކަމެއް ޔަގީނެއް ނޫނެވެ. އެއީ އެ ކުންފުނިން މި ރެސިޕީ ދޮގުކޮށްފައި ވާތީ އެވެ.
"މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ކޭއެފްސީގެ ރެސިޕީ ކަމަށް ބުނެ އެއްޗެހި އާންމުކޮށްފައި. އެކަމަކު އެއިން އެއްވެސް އެއްޗަކީ އަދި މިހާރު އާންމުވެގެން އުޅޭ ލިޔުމުގައި ވަނީ ވެސް އަސްލު ރެސިޕީއެއް ނޫން،" ކޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަކު މިގޮތަށް ހަދައިގެން ރަހަ ބެލި މީހުން މީހުން އޮންލައން ފޯރަމްތަކުގައި ބުނެފައި ވަނީ ރަހަ ރަނގަޅު ކަމަށެވެ.
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން
ކޭއެފްސީގެ "ކުކުޅު" ފައިވާން ވިކި ހުސްވެއްޖެ
ކޭއެފްސީން ލެބޯޓްރީގައި ކުކުޅުމަސް އުފައްދަނީ
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި
ބާގަ ކިންގުން އެދެނީ މެކްޑޮނަލްޑްސް އަށް އޯޑަރު ދޭން
ކޭއެފްސީގެ "ފިންގަ ލިކިން ގުޑް" ކޮވިޑާހެދި ދޫކޮށްލަނީ
ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސެއް ހުޅުވައިފި
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވައިފި
ކޭއެފްސީގެ ރެސްޓޯރަންޓް ހޯމަ ދުވަހު ހުޅުވަނީ