Roadha Mihaaru
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވައިފި

މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވައިފި، ކަސްޓަމަރުންނަށް މާދަމާ

22 ޖުލައި 2018

އެމެރިކާގެ މަޝްހޫރު ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ރެސްޓޯރަންޓްގެ އައުޓްލެޓެއް މި ރޭ ރަސްމީކޮށް މާލޭގައި ހުޅުވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމެރިކާގެ މަޝްހޫރު ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ރެސްޓޯރަންޓްގެ އައުޓްލެޓެއް މި ރޭ ރަސްމީކޮށް މާލޭގައި ހުޅުވައިފި އެވެ.

ތެލުލި ކުކުޅުން މަޝްހޫރުކަން ހޯދާފައިވާ ކޭއެފްސީ ހުޅުވީ ޕިއްޒާ ހަޓް ވެސް ހުޅުވާފައި ހުންނަ އަމީނީ މަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި) ގަ އެވެ. އެ ތަން ރަސްމީކޮށް ހުޅުވައިދިނީ، އެ ތަން ރާއްޖޭގައި ހިންގާ ގަމާ އައިލެންޑް ފުޑްގެ އިސް ވެރިންނެވެ.

މާލޭގައި ހުޅުވި ކޭއެފްސީ ރެސްޓޯރަންޓްގައި 120 މީހުންގެ ޖާގަ ހުރެ އެވެ.

ކޭއެފްސީ އައުޓް ރަސްމީކޮށް ހުޅުވުމަށްފަހު އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

ކޭއެފްސީ އައުޓް ރަސްމީކޮށް ހުޅުވުމަށްފަހު އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރަސްމީކޮށް ހުޅުވި ނަމަވެސް ކަސްޓަމަރުންނަށް ހުޅުވާލާނީ މާދަމާ ހެނދުނު 11:00 ގައި ކަމަށެވެ. އަދި އެންމެ ފުރަތަމަ ހިދުމަތް ހޯދާ 100 ކަސްޓަމަރުންނަށް ކޭއެފްސީ ލޯގޯ ޖެހި ޓީޝާޓް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި ކޭއެފްސީ ހިންގާނީ ޕިއްޒާ ހަޓް ވެސް ހިންގާ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ގެމަ އައިލެންޑް ފުޑް އިންނެވެ. ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އަކީ އިންޑިއާ އާއި ސްރީލަންކާގައި ޕިއްޒާ ހަޓާއި ކޭއެފްސީ އައުޓްލެޓްތައް ވެސް ހިންގާ ކުންފުންޏެވެ.

އެ ކުންފުނިން މާލޭގައި ޕިއްޒާ ހަޓް ހުޅުވީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.