24 މާޗް 2018
ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓާއި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓާއި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޕިއްޒާ އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި، އެމެރިކާގެ ޕިއްޒާ ހަޓާއި ތެލުލި ކުކުޅުން މަޝްހޫރުކަން ހޯދާފައިވާ ކޭއެފްސީގެ ރެސްޓޯރަންޓެއް ހުޅުވަނީ އަމީނީމަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި)ގަ އެވެ.
އަމީނީމަގުގައި ހުންނަ މާލޭ ސްކޮއާ ބިލްޑިންގައި ހަދާ ޕިއްޒާ ހަޓް ރެސްޓޯރަންޓް ކައިރިން މިއަދު ބަޔަކު ހިނގާފައި ދަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ޕިއްޒާ ހަޓާއި ކޭއެފްސީ ރެސްޓޯރަންޓް ރާއްޖޭގައި ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭ ސްކެއާގައި އަމީނީ މަގަށް ވާ ގޮތަށް ހަދާ ޕިއްޒާ ހަޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރެސްޓޯރަންޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 70 މީހުންގެ ޖާގައިގެ ރެސްޓޯރަންޓުން ވެސް ދުނިޔޭގެ އެހެން ޕިއްޒާ ހަޓް ރެސްޓޯރަންޓްތަކުން ވެސް ލިބެހުންނަ ރަހަތައް ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ރާއްޖޭގައި މީގެ ކުރިން މި ދެ ބްރޭންޑް ހުޅުވާފައި ނެތް ނަމަވެސް ދިވެހިންނަށް އާ ބްރޭންޑްތަކެެއް ނޫންކަން. މި ދެ ބްރޭންޑަކީ ވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ދެ ބްރޭންޑެއް. އެހެންވެ އަޅުގަނޑުމެން ރާއްޖެ އަންނަން ޝައުގުވެރިވީ ވެސް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ޕިއްޒާ ހަޓް ހުޅުވުމަށްފަހު ހަމަ އެ އިމާރާތުގައި ކޭއެފްސީގެ ރެސްޓޯރަންޓް ވެސް ވަރަށް އަވަހަށް ހުޅުވާނެ އެވެ.
ޕިއްޒާ ހަޓް ރެސްޓޯރަންޓާއި ކޭއެފްސީ ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ: މިއީ މި ދެ ބްރޭންޑްގެ ރެސްޓޯރަންޓް ރާއްޖޭގައި ހުޅުވާ ފުރަތަމަ ފަހަރު. --ފޮޓޯ: ނިޝާން އަލީ /މިހާރު
"ކޭއެފްސީގެ ރެސްޓޯރަންޓް މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާންކުރާނަން،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ދެ ބްރޭންޑްގެ ރެސްޓޯރަންޓެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އެއާޕޯޓުގައި ރެސްޓޯރަންޓް ހުޅުވާ ކުންފުންޏާއި މާލޭގައި ހުޅުވާ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތެވެ.
ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި އަލަށް ހަދާފައިވާ ރެސްޓޯރަންޓް ބިލްޑިންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް) އިން ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ ގުޅިގެންނެވެ. ނަމަވެސް އެއާޕޯޓުގައި ހަދާ އެ ދެ ރެސްޓޯރަންޓް ހުޅުވާނެ ދުވަހެއް އަދި ނުބުނު އެވެ.
ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސެއް ހުޅުވައިފި
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވައިފި
ކޭއެފްސީގެ ރެސްޓޯރަންޓް ހޯމަ ދުވަހު ހުޅުވަނީ
ނުހުޅުވަނީސް ޕިއްޒާ ހަޓް ކައިރީގައި ދިގު ކިޔޫއެއް
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖެއަށް
ޕެވިލިއަން ލަސްވަނީ ފްރެންޗައިޒް މިންގަނޑަށް ގެންނާތީ
އެންމެ ބޮޑެތި ފާސްޓް ފުޑް ފްރެންޗައިޒްތައް އެއާޕޯޓަށް
ކޭއެފްސީ، ޕިއްޒާ ހަޓާއެކު ރަސްފަންނު ޕެވިލިއަން ހަދަނީ
ހުޅުމާލޭގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދުކޮށްފި