Roadha Mihaaru
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

16 ޖުލައި 2024

މާލޭގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ރޭ ތަޅާލައި، އެ ތަނަށް ބަޔަކު ގެއްލުން ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ރޭ ތަޅާލައި، އެ ތަނަށް ބަޔަކު ގެއްލުން ދީފި އެވެ.

ފުލުހުން މިއަދު ބުނީ، އަމީނީ މަގުން ފުރުގާން މިސްކިތުގެ ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެ އެވެ.

މިދިޔަ އަހަރު ވަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަދެ ކަޅުތެޔޮ ޖަހައިފަ އެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލުމުން އެ ތަނުގައި ސަތަރި އަޅާފައި.-- ފޮޓޯ: މިހާރު

ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލުމުން އެ ތަނުގައި ސަތަރި އަޅާފައި.-- ފޮޓޯ: މިހާރު

އިޒްރޭލުން ގާޒާ އަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހަދައި، ވާގިވެރިވާ ވިޔާފާރިތަކާ ގުޅުން ހުރި ތަންތަން ބޮއިކޮޓް ކުރަން ގޮވަމުން ދިއުމަށް ފަހު، އެ ތަންތަނަށް ގެއްލުން ދީފައި ވަނީ އެ ތަންތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހަރުކުރުމަށް ފަހު އެވެ.

މާލޭގައި ހިންގާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ކައިރީގައި އިޒްރޭލާ ދެކޮޅަށް ދޭތެރެދޭތެރެއިން މުޒާހަރާ ވެސް ކުރެ އެވެ.

ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއިލުން ހިންގަމުންދާ ހަނގުރާމައަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ދަނީ ގޮވާލަމުންނެވެ.