ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ރޭ ގެއްލުން ދީފި އެވެ.
24 ނޮވެމްބަރ 2024
ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ރޭ ގެއްލުން ދީފި އެވެ.
އެ މިސްކިތުގައި ގަވައިދުން ނަމާދުކުރައްވާ ޝެއިހު އާދަމް ނިޝާން އަލީ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުން ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމުން ފޮރެންސިކް ފުލުހުން އެ ތަނަށް ގޮސް ފޮޓޯ ނަގާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުގާން މިސްކިތައް ގެއްލުން ދިން މައްސަލައެއްގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނިޝާން ތުހުމަތު ކުރެއްވި ގޮތުގައި މިސްކިތަށް ގެއްލުން ދީފައިވަނީ، އެ ތަނުގައި ނަމާދު ގަޑިތަކުގައި އަބަދު ވެސް ނިދާފައި އޮންނަ 'ބުއްދި ފިލާ' ގޮސްފައިވާ ޒުވާނެކެވެ.
ނިޝާން ވަނީ މިސްކިތަށް ބޮޑެތި ގެއްލުންތައް ދޭއިރު ވެސް އެ ތަނުގައި ކެމެރާ ހަރުކޮށްގެން މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު ބަލަން ތިބުމުގެ އެއްވެސް ފައިދާއެއް އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.
"މީގެ ކުރިން އެތައް ފަހަރަކު ވެސް މީނާ ވަނީ މުސްހަފުތައް އުކާލުމާއި މިފަދަ އެތައް ކަމެއް މި މިސްކިތުގައި ކޮށްފަ އެވެ،" އޭނާ ވިދާޅުވި އެވެ.
ގުރުއާނާއި މިސްކިތުގެ ހުރުމަތް ކަނޑައަޅައިގެން އެ ފިރިހެން މީހާގެ މައްސަލަ އެތައް ފަހަރަކު ފުލުހަށް ހުށަހެޅިއަސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ
މިސްކިތަކުގައި ހުރި ހަތިމުތައް އުކާލި މީހާ ހައްޔަރު
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި
މިސްކިތުން ފައިވާނެއް ވަގަށް ނެގި މީހަކަށް ޖަލު ހުކުމް
މައުރީންގެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލައިފި
މިސްކިތަށް ކުޅުޖެހި މީހާގެ ފުރާނަ ނުރައްކަލުގައި!
މިސްކިތަކަށް ބޮޑުކަމުދިިޔަ މީހަކު ހައްޔަރުކޮށްފި
ހަތިމަށް ކުޅު ޖެހި މީހާ ދުލެއް ނުކުރި