26 އޯގަސްޓް 2020
އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި ކޭއެފްސީގެ ކެއުންތައް އިޝްތިހާރުކުރަން ސިގްޗޭނާ ސްލޯގަންއެއްގައި ގޮތުގައި ބޭނުންކުރަމުން އަންނަ "ފިންގަ ލިކިން ގުޑް" ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެެ.
އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި ކޭއެފްސީގެ ކެއުންތައް އިޝްތިހާރުކުރަން ސިގްޗޭނާ ސްލޯގަންއެއްގައި ގޮތުގައި ބޭނުންކުރަމުން އަންނަ "ފިންގަ ލިކިން ގުޑް" ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެެ.
މިއީ އެ ސްލޯގަން ބޭނުންކުރަން ފެށިތާ 64 އަހަރު ފަހުން ބޭނުންކުރުން މެދުކަނޑާލި ފުރަތަމަ ފަހަރެވެ. މިގޮތަށް ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ސާފުތާހިރުކަމަށް އިސްކަން ދިނުމުގެ ގޮތުން ވީހާ ވެސް ގިނަގިނައިން އަތް ދޮންނަން އިރުޝާދު ދެމުން އަންނާތީ އެވެ. ކޭއެފްސީން ބުނީ މިފަދަ ދަނޑިވަޅަކަށް އެ ސްލޯގަން ނުފެތޭތީ ވަގުތީ ގޮތުން ބޭނުންކުރުން ހުއްޓައިލީ ކަމަށެވެ.
"ފިންގަ ލިކިން ގުޑް" އިން ރަޒްމުކޮށް ދެނީ ކޭއެފްސީގެ ކެއުންތައް ކައި ނިމިގެން އިނގިލީގައި ހޭކިފައި ހުންނަ އެއްޗެހި ވެސް ބޯލާހާ މީރުކަމެވެ.
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އެންމެ ބޮޑަށް ކުރަން ޖެހޭ އެއް ކަމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީއީ) އިން އިރުޝާދު ދޭ ގޮތުގައި އަނގާއި ނޭފަތާއި ލޯ ގަދަ ތަންތަނުގައި އަތްނުލުމެވެ. އަދި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމެވެ. އަދި ސެނިޓައިޒާ ވެސް ބޭނުންކުރުމެވެ.
"މިހާރުގެ ހާލަތަށް ސްލޯގަން ނުފެތޭތީ ވަގުތީ ގޮތުން އެ ބޭނުންކުރުން ހުއްޓައިލި ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމުން އެއްކޮށް އަރައިގަނެވުމުން ސްލޯގަން އަލުން ބޭނުންކުރާނެ." ކޭއެފްސީގެ ގްލޯބަލް ޗީފް މާކެޓިން އޮފިސަރު ކެތެރީން ޓޭން-ޖިލެސްޕީ ވިދާޅުވި އެވެ.
މިކަމާ ގުޅުވައިގެން އިނގިރޭސިވިލާތާއި އަޔަލެންޑްގައި ކޭއެފްސީގެ ބިލްބޯޑްތަކާއި ކުކުޅު މަސް ބަކެޓް ފަދަ އެއްޗެހީގައި ލިތޔެފައި އިންނަ "ފިންގަ ލިކިން" ފުސްކޮށްފައިވާ ވީޑީއޯއެއް ވެސް ޔޫޓިއުބްގައި އާންމުކޮށްފައިވެ އެވެ.
ކޮވިޑާ ދެކޮޅު ފިޔަވަޅުތަކަށް އަންހެނުން މާ ފަރުވާތެރި
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ކޮވިޑްގް ބޭސް ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަކަށް ޔޫއޭއީ
ވެކްސިން ފުރިހަމަކުރާ މީހުންނަށް އެމެރިކާގައި ލުއި ދީފި
ކޮވިޑް ވެކްސިން ޖަހާ މުވައްޒަފުންނަށް 500 ޑޮލަރު
ސެނިޓައިޒާއެއް ނެރުމުން ކައިލީ ރޮލާކައިފި