26 ފެބުރުއަރީ 2019
ވޮޝިންޓަން (ފެބްރުއަރީ 26) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ދޫކޮށްލައިފި ނަމަ އެ ގައުމަކީ ދުނިޔޭގައި އިގްތިސާދީ ގޮތުން ބޮޑު ބާރަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ފެބްރުއަރީ 26) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ދޫކޮށްލައިފި ނަމަ އެ ގައުމަކީ ދުނިޔޭގައި އިގްތިސާދީ ގޮތުން ބޮޑު ބާރަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިގްތިސާދީ ގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑީ ނޯތު ކޮރެއާ އަށް ކަމަށެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ޓްރަމްޕް ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ސަމިޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
"ސިންގަޕޫރުގައި ބޭއްވި ފުރަތަމަ ސަމިޓުގައި ހޯދުނު ކުރިއެރުންތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރަން،" ސަމިޓަށް އިޝާރާތް ކުރައްވައި ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.
އެމެރިކާގެ ގަވަރުނަރުންނާ އެކު އާދިއްތަ ދުވަހު ބޭއްވި އިވެންޓެއްގައި ޓްރަމްޕް ވަނީ ކިމްއާ އެކު ވަރަށް ރަނގަޅު ގުޅުމެއް އުފެއްދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އަވަސް އަރުވާލައިގެން ނޫޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ މި ހަފުތާގެ ސަމިޓުން ހުރިހާ ކަމެއް ހާސިލްވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
ކިމްއާ އެކު މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ސަމިޓަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެމަނިކުފާން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހަށް ވުރެ ދުނިޔެ މިހާރު އަމާންވާނެ ކަމަށާއި ނޯތު ކޮރެއާގެ ނިއުކްލިއާ ބިިރު ވެސް ކުޑަވާނެ ކަމަށެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ނޯތު ކޮރެއާ އަށް ވަޑައިގެން ޓްރަމްޕް ތާރީޚުގެ ތެރެއަށް
ޓްރަމްޕް ސަމިޓަށް ކިމް 60 ގަޑިއިރުގެ ރޭލު ދަތުރެއްގައި
ޓްރަމްޕްގެ ފަރާތުން "ރޮކެޓް މޭން" ލަވަ ކިމް އަށް
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
ސަމިޓަށް އެއްބަސްވީ ކިމްގެ އާދޭހަށް: އެމެރިކާ
ޓްރަމްޕް-ކިމްގެ ސަމިޓް ބޭއްވިދާނެކަމުގެ އުއްމީދު ބޮޑުވެއްޖެ
ޓްރަމްޕާ ވާހަކަ ދައްކަން ނޯތު ކޮރެއާ އަބަދުވެސް ތައްޔާރު
ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކޮށްފި