Roadha Mihaaru
ސަމިޓަށް އެއްބަސްވީ ކިމްގެ އާދޭހަށް: އެމެރިކާ

ސަމިޓަށް ޓްރަމްޕް އެއްބަސްވެ ވަޑައިގަތީ ކިމްގެ އާދޭހަށް: އެމެރިކާ

07 ޖޫން 2018

އެމެރިކާ އާއި އުތުރު ކޮރެއާގެ ތާރީޚީ ސަމިޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގަތީ ކިމް އާދޭސް ދެންނެވުމުން ކަމަށް ޓްރަމްޕްގެ ވަކީލު ރޫޑީ ޖޫލިއާނީ އިއްޔެ ވިދާޅުވެއްޖެއެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

އެމެރިކާ އާއި އުތުރު ކޮރެއާގެ ތާރީޚީ ސަމިޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގަތީ ކިމް އާދޭސް ދެންނެވުމުން ކަމަށް ޓްރަމްޕްގެ ވަކީލު ރޫޑީ ޖޫލިއާނީ އިއްޔެ ވިދާޅުވެއްޖެއެވެ.

އިޒްރޭލުގައި އޮތް ވިޔަފާރި ކޮންފަރެންސެއްގައި ޖޫލިއާނީ ވަނީ ސަމިޓުގެ ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން، ހަރުކަށި ހާރިޖީ އުސޫލުތަކެއް ގެންގުޅޭ އުތުރު ކޮރެއާ ކުޑަކަކޫ މައްޗަށް ތިރިވެފައިވާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

މިދިޔަ މެއި މަހު ޓްރަމްޕް ވަނީ ކޮރެއާއިން، ގޮތް ދޫނުކުރުމާއި ރުޅި އިސްކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ވިދާޅުވެ ސަމިޓަށް ވަޑައިނުގަންނަވާނެކަން އިއުލާނު ކުރައްވައިފައެވެ. ސަމިޓު އަލުން ބޭއްވޭ ގޮތް ވެފައި މި ވަނީ އޭގެ ފަހުން ކޮރެއާގެ އިސްނެގުމުގެ މަތިން ދެފަރާތުން ބޭއްވި ވާހަކަތަަކަށް ފަހު އެވެ.

މި މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގެ ސަންތޯސާގައި ސަމިޓު ބާއްވަން ތާވަލްކޮށްފައި ވާއިރު މި ބައްދަލުވުން އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކުރާ ސިންގަޕޫރުން ވެސް ބައްދަލުވުމަށްޓަކައި އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮފްރާމް ހުއްޓުވައި، ސުލްހަ ގާއިމުކުރުމުގެ އުންމީދުތަކާ ގުޅިފައިވާ ސަމިޓަށް ވަގުތު ކުޑަތަންވެފައި އޮތް މި ދަނޑިވަޅުގައި އެމެރިކާގެ ބަސްމަގު މި މޭރުމުން ހުރި އިރު އުތުރު ކޮރެއާއިން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ނުބުނެ އެވެ.