Roadha Mihaaru
ޓްރަމްޕްގެ ފަރާތުން "ރޮކެޓް މޭން" ލަވަ ކިމް އަށް

ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން "ރޮކެޓް މޭން" ލަވަ ކިމް ޖޮން-އުން އަށް

08 ޖުލައި 2018

އުތުރު ކޮރެއާ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެމެރިކާއާ އޮތް ގުޅުން ވެސް މިހާރު އަންނަނީ ބަދަހިވަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ސިންގަޕޫރްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބައްދަލު ކުރައްވައި، ތާރީހުގެ ތެރެއަށް ހާއްސަ ސޮފުހާއެއް ވެސް ވަނީ ދޫކޮށްލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުތުރު ކޮރެއާ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެމެރިކާއާ އޮތް ގުޅުން ވެސް މިހާރު އަންނަނީ ބަދަހިވަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ސިންގަޕޫރްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބައްދަލު ކުރައްވައި، ތާރީހުގެ ތެރެއަށް ހާއްސަ ސޮފުހާއެއް ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ދެ ބޭފުޅުން އަތް ޖޯޑު ކުރައްވައި، ހިނިތިވުންވުމާ އެކު ސަލާން ކުރެއްވުމަށް ފަހު، ޓްރަމްޕްގެ ފަރާތުން ހާއްސަ ހަދިޔާއެއް ކިމް އަށް މިހާރު ވަނީ ފޮނުއްވައިފަ އެވެ.

ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް، ކިމް އަށް ހަދިޔާއަކަށް ފޮނުއްވީ އިނގިރޭސި މިއުޒިކް ލެޖެންޑް އެލްޓަން ޖޯންގެ މަޝްހޫރު ސިންގަލް "ރޮކެޓް މޭން" ލަވަ ހިމެނޭ ސީޑީއެކެވެ. ސީޑީ ޓްރަމްޕްގެ ފަރާތުން ކިމް އަށް އެރުވީ އުތުރު ކޮރެއާ އަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވާ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕިއޯ އެވެ.

ސިންގަޕޫރްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕާއި ކިމްއާ ދެމެދު ދެކެވުނު ވާހަކަތަކުގައި އެލްޓަން ޖޯންގެ ވާހަކަ ކިމްގެ އަރިހުން ޓްރަމްޕް އެއްސެވި ކަމަށްވެ އެވެ. އަދި ސަމާސާ ކުރައްވައި، އެ ބައްދަލުވުމުގައި ޓްރަމްޕް ކިމް އަށް "ލިޓްލް އެންޓަން ޖޯން" އޭ ވެސް ވިދާޅުވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ އެލްޓަން ޖޯންގެ ލަވައެއް ކިމް އަށް ފޮނުވީ ހަނދާންތައް އިތުރަށް އާކޮށްލައި، މިއުޒިކުގެ ތެރެއިން ވެސް ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ކަމަށް ވެދާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. ނޫނީ މިއީ ސައުތު ކޮރެއާ އިން މީގެ ކުރިން އެމެރިކާ އަށް ރޮކެޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީ އެ ހަނދާން އާކޮށްލަން ޓްރަޕްމް ކޮށްލެއްވި ސަމާސާއަކަށް ވެސް ވެދާނެ އެވެ.

ޓްރަމްޕް، ކިމް އަށް މަލާމާތް ކުރެއްވި ޓްވީޓް.

ހަތުރުންގެ ގުޅުން މިތުރުންނަށް ބަދަލުވާ އިރު، ލައްކަ ކަންކަން ހިނގާށެވެ. ޔަގީނުން ވެސް "ރޮކެޓް މޭން" ލަވައިން ކިމް އަށް މާޒީ އަށް ހަނދާން ވާނެ އެވެ. އޭނާގެ ގައުމަކީ ރޮކެޓްތަކަށް ވަރަށް ވެސް ފަރިތަ ގައުމެކެވެ.

ޓްރަމްޕް ވަނީ ކުރިން ޓްވީޓްތަކެއްކޮށް، ކިމް ހުންނަ ސިފަ އަށް މަލާމާތް ވެސް ކުރައްވައިފަ އެވެ. އެހެންވެ ގުޅުން ހިތިކަމަކިން ފޮންޏަށް ބަދަލުވާނީ، ލޯބި ވެވޭނީ ނަފުރަތާ ވެސް އެކުގައޭ ބުނާ އުސޫލުން ކަމަށް ހަމަ ވެދާނެ އެވެ.

"ރޮކެޓް މޭން" ގެ ނަމުގައި އެލްޓަންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާތީ އެ ފިލްމް ބައްލަވަން ވެސް ޓްރަމްޕް، ކިމް އަށް ޓިކެޓް ފޮނުއްވައިފާނެ އެވެ.