26 ފެބުރުއަރީ 2019
ތެހެރާން (ފެބްރުއަރީ 25) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ އަރަބި ދުނިޔޭގެ ބަތަލެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (ފެބްރުއަރީ 25) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ އަރަބި ދުނިޔޭގެ ބަތަލެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އަސަދު އިއްޔެ ވަނީ އީރާނަށް ވަޑައިގެން ޚާމަނާއީ ބައްދަލު ކުރައްވައިފި އެވެ. މިއީ ސީރިއާގައި މަދަނީ ހަނގުރާމަ ފެށި ފަހުން ރައީސް އަސަދު އީރަނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޚާމަނާއީއާ އެކު ދެއްކެވި ވާހަކައިގައި އަސަދު ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ސީރިއާއާ އެކު ބޭއްވި ގާތްގުޅުމަށް އީރާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޚާމަނާއީ ވިދާޅުވެފައި ވަނީ ސީރިއާ އަށް އެހީވުމަކީ އީރާނަށް ލިބޭ ފަޚުރެއް ކަމަށެވެ.
"އަސަދުގެ ހިތްވަރުގަދަ ކަމަކީ ސީރިއާއާ ދެކޮޅު ރޭވުންތައް ނާކާމިޔާބުކޮށްލުމުގެ ސިއްރު. ތިޔައީ އަރަބި ދުނިޔޭގެ ބަތަލެއް،" ޚާމަނާއީ ވިދާޅުވި އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދު (ވ) އީރާނަށް ވަޑައިގެން ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އަސަދުގެ ދަތުރުގައި ރައީސް ހަސަން ރޫހާނީއާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. ރޫހާނީ ވިދާޅުވެފައި ވަނީ އީރާން އަބަދު ވެސް އޮންނާނީ ސީރިއާ ސަރުކާރާ އެކު ކަމަށެވެ.
ސީރިއާގެ މަދަނީ ހަނގުރާމައިގައި އެ ގައުމަށް އެންމެ ބޮޑަށް އެހީތެރިވަމުން ދަނީ އީރާނާއި ރަޝިޔާ އެވެ. ސީރިއާގެ މަދަނީ ހަނގުރާމަ މާޗް 2011 ގައި ފެށި ފަހުން އަސަދު ދެން ވަޑައިގެންފައި ވަނީ ރަޝިޔާ އަށް އެކަންޏެވެ.
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ހުންނެވީ ރަޝިޔާގައި