17 ފެބުރުއަރީ 2019
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގޭގައި މަޑުކުރަން އަންގާފައިވާތީ އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ވަގުތީ ގޮތުން ދީފި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގޭގައި މަޑުކުރަން އަންގާފައިވާތީ އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ވަގުތީ ގޮތުން ދީފި އެވެ.
މިހާތަނަށް ރާއްޖޭގައި ފަޅާއަރާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމު ކުރިއިރު ދައުލަތުން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާގެ ތެރެއިން 33،000 ޑޮލަރު (508،860ރ.) އޮތީ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓް ނެރުމާއެކު މަހްލޫފްގެ އިތުރުން ފައިސާ ލިބިފައިވާ ކަމަށް ރިޕޯޓުން ބުނާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ވަޒީފާއަށް ނިކުތުން މަނާކޮށްފަ އެވެ.
ގޭގެ މަޑުކުރެއްވުމަށް މަހްލޫފާއި އަކްރަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެންގެވުން އެކަން ބަލައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
މަހްލޫފް އެ މައްސަލައިގައި ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ވަގަށް ނެގި އެސްއޯއެފް ކުންފުނިން އޭނާއަށް ޑޮލަރު ޖަމާކޮށްދީފައި ވަނީ އެ ޑޮލަރަށްވާ ފައިސާ ދެއްކުމުން ކަމަށެވެ. އަދި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭސީސީގެ ލަފާ ހޯދާފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. ނަމަވެސް އެސްއޯއެފުން ޑޮލަރު ގަތް ކަމަށް ބުނެ މަހްލޫފް އޭސީސީއަށް މައުލޫމާތު ހިއްސާކޮށް ލަފާ އަހާފައި ވަނީ މި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޑޮލަރުގެ މުއާމަލާތް ހިންގާފައި ވަނީ 2014 ވަނަ އަހަރެވެ.
ދައުވާނުކޮށް ލަސްވާތީ މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި
ރައީސަށް މަހްލޫފުގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު!
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް
އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން
ރައީސްގެ ނިންމެވުމަށް އިހުތިރާމު ކުރަން: އަކްރަމް
މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރަން އަންގަވައިފި
ރައީސަށް ކުރިން ތުހުމަތުކުރީ ފްރޭމްކުރި މީހުން ހޯދަން
ނިހާންގެ ދިފާއުގައި ޝަމީމް އަދި މަހްލޫފް ހާޒިރުކުރަނީ
"ވައުދުވި ވަރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ"
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟