ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ބެލެހެއްޓުމަށް ޕްލޭނެއް ނެތި، ވަގުތީ ގޮތުން އެ ރަށް ބަލަހައްޓާނެ ބަޔަކު ހޯދަން އަތޮޅު ކައުންސިލުން އިއުލާނު ކުރުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
17 ފެބުރުއަރީ 2019
ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ބެލެހެއްޓުމަށް ޕްލޭނެއް ނެތި، ވަގުތީ ގޮތުން އެ ރަށް ބަލަހައްޓާނެ ބަޔަކު ހޯދަން އަތޮޅު ކައުންސިލުން އިއުލާނު ކުރުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ރަށެއް ކަމަށްވާ ކޭލަކުނު، ސަރުކާރުން ހިމާޔަތްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އަތޮޅު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ބޭނުންވަނީ، އަންގާ ގޮތެއްގެ މަތިން، ވަގުތީ ގޮތުން އެ ރަށް ބަލަހައްޓައިދޭނެ ފަރާތެއް ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނަނީ ރަށް ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭނެއް ނެތި އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ނުގުޅި އަތޮޅު ކައުންސިލުން އެކަނި އެކަން ކުރާނީ ކަންބޮޑުވާ ކަމަށެވެ.
ކޭލަކުނުގައި އޮތް ކަނޑޫފަލުގެ ރީތި މަންޒަރެއް: މެނޭޖްމަންޓް ޕްލޭނެއް ނެތި ރަށް ބެލެހެއްޓުމަކީ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކޭ -- ފޮޓޯ/ބްލޫޕީސް މޯލްޑިވްސް
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އިކޯ ކެއާ މޯލްޑިވްސް އިން ބުނީ މެނޭޖްމަންޓް ޕްލޭނެއް ނެތި، ކޭލަކުނު ބެލެހެއްޓުން ބަޔަކާ ހަވާލުކުރުމުން ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށެވެ.
"ރަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްފަހު ނޫނީ ބަޔަކާ ހަވާލުކޮށްފި ނަމަ އެންމެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރަން،" އިކޯ ކެއާގެ އެޑްވޮކަސީ މެނޭޖަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވި އެވެ.
"މެނޭޖްމަންޓު ޕްލޭނުގައި އޮންނަންޖެހޭނެ ރަށް ހިމާޔަތްކޮށް، ބަލަހައްޓާނީ ކިހިނެއްކަން. އެއަށްފަހު އެގޮތަކަށް ރަށް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ."
ހދ. ކުޅުދުއްފުށި ކައިރީގައި އޮންނަ ކޭލަކުނަކީ ފޮރެސްޓު ނުވަތަ ޖަންގަލީގެ މިންގަނޑަށް ފެތޭ ރާއްޖޭގެ ހަމައެކަނި ރަށެވެ. އަދި މިއީ "ބަރު ގަސް" ރާއްޖޭގައި ހުންނަ ހަމަ އެކަނި ރަށެވެ. ރަށުގެ ވަރަށް ބޮޑު ބަޔަކީ ޗަސް ބިމެވެ. ކުޅިއެއް ވެސް އެ ރަށުގައި އޮވެ އެވެ.
ކޭލަކުނު ހިމާޔަތްކޮށްފައި ވަނީ އެ ރަށުގެ ވަށައިގެންވާ ފަޅާއި ފަރުތަކާ ވެސް އެކު އެވެ. ސަރުކާރުން ބުނެފައި ވަނީ ދެން އެ ރަށް ބަލަހައްޓާނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާ، ދުނިޔޭގެ މިންގަނޑުން ކަމަށެވެ.
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ހިމާޔަތްކުރި ސަރަހައްދުތަކުން އާމްދަނީގެ މަޝްރޫއުތަކެއް
ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗަޕާކެއް
ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަނީ
ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދަނީ
ވަންދޫގައި ކުންޏާއި ކެމިކަލް ރައްކާކުރާނެ ސެންޓަރެއް
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި